ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ "ވަޢުދުގެ ދަތުރު" ފެބްރުއަރީ ހަތަރަކަށް ލަސްކޮށްފި

ލިޔުނީ: Unknown - Monday, January 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީން ފަށާފައިވާ ވަޢުދުގެ ދަތުރުގެ ސިލްސިލާގެ ދަށުން މެދުދެކުނު ޕްރޮވިންސަށް މިމަހު ކުރުމަށް ހަމަޖެއްސި ދަތުރު އަންނަ ފެބްރުއަރީ ހަތަރަކަށް ލަސްކޮށްފައި ވާކަމަށް އެ ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކަނޑާ، ވަޔާއި، އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ކުރާ މިދަތުރުގެ މި ފަހަރުގެ މަންޒިލަކީ ކޮލުމަޑުލު (ތ) އަތޮޅާއި، ހައްދުންމަތި (ލ) އަތޮޅެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ރައްޔިތުންގެ ވިންދާއި އިޙުސާސްތައް ދެނެގަތުމަށް އެމްޑީޕީން ވަނީ މީގެ ކުރިން އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ ރަށަކަށާއި ބޮޑުތިލަދުންމަތީގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތު މެނިފެސްޓޯ އެކުލަވާލާއިރު ބޭނުންކުރެވޭނޭ ކަމަށްވެސް އެޕާޓީން ބުނެއެވެ 

ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ތެރޭގައި ރައްޔިތުންގެ ވިންދާއި އިޙްސާސްތައް އަޑު އަހައިގެން އެއަށް ބިނާކޮށްގެން މެނިފެސްޓޯ އަކާއި އެކު ވެރިކަމަށް އައުމަށް މަސައްކަތްކުރާ އެއްވެސް ޕާޓީއެއް އެމްޑީޕީ ފިޔަވައި ރާއްޖޭގައި ނެތްކަން ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް