ފަހުގެ ޚަބަރު


އިތުރަށް...

މާމެންދޫ ކައުންސިލް ރައީސް އިތުބާރު ނެތްކަމަށް ޤަރާރެއް ހުށައެޅުމުން މަޤާމުން އިސްތިޢުފާ ދެއްވައިފި

ލިޔުނީ: Unknown - Tuesday, January 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާމެންދޫ ކައުންސިލް ރައީސް އަޙްމަދު ފައިސަލް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަ ކުރާކަމަށާއި ބައެއް ކަންކަމުގައި އަމިއްލަ މަސްލަޙަތު އިސްކުރާކަމަށް ބުނެ ކައުންސިލް ދެ މެންބަރަކު ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައަކާއި ގުޅިގެން ކައުންސިލް ރައީސް ކަމުން މިއަދު އިސްތިޢުފާ ދީފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެލް.އޭ ނިއުސް އަށް މަޢުލޫމާތު ހިއްސާކުރަމުން ކައުންސިލް މެންބަރު އަބޫބަކުރު ޙުސައިން ވިދާޅުވީ ކައުންސިލް ރައީސްގެ ގޮތުގައި ހުންނެވި ޕީޕީއެމް މެންބަރު ފައިސަލް އިސްތިޢުފާ ދެއްވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް އަބޫބަކުރު ޙުސައިން އާއި ކައުންސިލް މެންބަރު ޢަލީ ޝިފާޒް ހުށައެޅުއްވުމާއި ގުޅިގެން ކަންބޮޑުވެ ވަޑައިގެންނެވެ.

ކައުންސިލް ރައީސް އަޙްމަދު ފައިސަލްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ހުށައަޅާފައިވާ ޤަރާރުގައި ބުނެފައިވަނީ ރައީސްގެ މަސްޢޫލިއްޔަތު އަދާކުރުމަށް ފަސްޖެހެމުން ދާކަމަށާއި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށާއި، ކައުންސިލުން ނިންމާ ނިންމުންތައް އަމިއްލައަށް ބަދަލު ކުރައްވަމުން ގެންދަވާ ކަމަށާއި ކައުންސިލް ހިންގުމުގައި ޤާނޫނާއި ޚިލާފުވަމުން ދާކަމަށްވެސް ބުނެފައެވެ.

މި މައްސަލައާއި ގުޅޭ ޤާރާރުތަކާއި ހުރިހައި ލިޔެކިޔުންތައް އެލް.އޭ ނިއުސްއަށް ލިބިފައި ވެއެވެ.
1  2  3 4 5
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް