އެމްޑީޕީން ފަށާފައިވާ ވަޢުދުގެ
ދަތުރުގެ ސިލްސިލާގެ ދަށުން މެދުދެކުނު ޕްރޮވިންސަށް މިމަހު ކުރުމަށް ހަމަޖެއްސި
ދަތުރު އަންނަ ފެބްރުއަރީ ހަތަރަކުން އަށަކަށް (08/01/2012 އަށް) ލަސްކޮށްފައި
ވާކަމަށް އެ ޕާޓީގެ ސެކްރެޓެރިއޭޓުން ބުނެފިއެވެ.
ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ
ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް
ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކަނޑާ، ވަޔާއި،
އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ކުރާ މިދަތުރުގެ މި
ފަހަރުގެ މަންޒިލަކީ ކޮލުމަޑުލު (ތ) އަތޮޅާއި، ހައްދުންމަތި (ލ) އަތޮޅެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް
މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން
ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ
މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ
ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ
ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ރައްޔިތުންގެ ވިންދާއި އިޙުސާސްތައް
ދެނެގަތުމަށް އެމްޑީޕީން ވަނީ މީގެ ކުރިން އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ
ރަށަކަށާއި ބޮޑުތިލަދުންމަތީގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ. މި
ދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތު މެނިފެސްޓޯ އެކުލަވާލާއިރު ބޭނުންކުރެވޭނޭ
ކަމަށްވެސް އެޕާޓީން ބުނެއެވެ
No comments: