ފަހުގެ ޚަބަރު


އިތުރަށް...

ލ. މާވަށު ސްކޫލުން ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކުގެ ތެރެއިން ބައެއް ތަކެތި ހޯދައި ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ލިޔުނީ: Unknown - Tuesday, January 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާވަށު ސްކޫލުން ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކުގެ ތެރެއިން ބައެއް ތަކެތި ހޯދައި ތުހުމަތުކުރެވޭ މީހަކު ލ. ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައާއި ގުޅިގެން މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޖެނުއަރީ މަހުގެ 24   ދުވަހު ހެނދުނުގެ ވަގުތެއްގައި މީނާ ދިރިއުޅެމުންދާ ގޭގައި ހުއްޓައެވެ.

ލ. މާވަށު ސްކޫލުގައި ބޭނުން ކުރަމުންގެންދާ ގިނަ އަދަދެއްގެ އިލެކްޓުރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށް މި ޖެނުއަރީ 24 ވަނަ ދުވަހު ހެނދުނު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެތަކެތި ހޯދުމަށް ލ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން މި ތަކެތި ހޯދާފައިވަނީ މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ހެނދުނު 10:46 ހާއިރު މާވަށު ފަޅު ގޯއްޗެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

މާވަށު ސްކޫލުން ގެއްލިފައިވާ ތަކެތީގެ ތެރެއިން ފުލުހުން ހޯދާފައިވަނީ ޑީވިޑި ރައިޓަރ އަކާއި 2 ޕޮރޮޖެކްޓަރ އާއި ޑީވީޑީ ޕްލެޔަރ އަކާއި ހޯމް ތިއޭޓަރ ސިސްޓަމަކާއި ވައިފައި ރައުޓަރެއްގެ އިތުރުން ކޮމްޕިއުޓަރ ގައި ބޭނުން ކުރާ އެކިކަހަލަ ކޭބަލް ތަކެކެވެ.

މާވަށު ސްކޫލުން ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނު ތަކުގެ ތެރެއިން މިހާތަނަށް ނުފެނި ހުރި އެކްސްޓާރނަލް ހާޑާއި ޔޫ.ޕީ.އެސް ހޯދުމުގެ މަސައްކަތް މިހާރުވެސް ފުލުހުން ގެންދަނީ ކުރަމުންނެވެ.
ވައްކަމުގެ މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް