ފަހުގެ ޚަބަރު


އިތުރަށް...

މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ކަންތައްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން ފުލުހުންނާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ލިޔުނީ: Unknown - Tuesday, January 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަސައްކަތުގެ މާހައުލުގައި ދިމާވާ އެކިކަންތައްތަކާއި ގުޅިގެން މިހާރަށްވުރެ ފަސޭހައިން އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން ލ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާއިއެކު މަޝަވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ޖެނުއަރީ މަހު 23 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އެމަޖެންސީ ހާލަތްތަކުގައި ދެފަރާތުންވެސް ވީއެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންނެވެ. އެ ގޮތުން މިވަގުތު ގަން ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ނެތުމުގެ ސަބަބުން ދިމާވާ އެމަޖެންސީ ކޭސްތަކުގައި ތ. އަތޮޅުގައި ހުންނަ ހޭނައްތާ ޑޮކްޓަރ ލ. އަތޮޅަށް ގެނައުމަށްޓަކައި ދެ ފަރާތުންވެސް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނިޘާމް އާއި ލ. އަތޮޅު ކޮމާންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަދުނާން ޢަލީ އާއި ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖް ޕޮލިސް ސާޖަންޓް އަޙްމަދު ޤުރައިސީގެ އިތުރުން ގަން ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ ބައިވެރިވެފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް