ފަހުގެ ޚަބަރު


އިތުރަށް...

ލ. މާމެންދޫ އިންޖީނުގޭ އޮފީހުގެ ތިޖޫރީ ހަލާކުކޮށްލައިގެން ވަގަށް ނެގި ގިނަ ޢަދަދެއްގެ ފައިސާގެ ތެރެއިން ބައެއް ހޯދައި ތުހުމަތު ކުރެވޭ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ލިޔުނީ: Unknown - Tuesday, January 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާމެންދޫ އިންޖީނުގޭ އޮފީހުގައި ފައިސާ ރައްކާކުރަން ބަހައްޓާފައި ހުރި ތިޖުރީ ހަލާކުކޮށްލައިގެން ވަގަށް ނަގާފައިވާ ގިނައަދަދެއްގެ ފައިސާގެ ތެރެއިން ބޮޑު ބައެއް ހޯދައި ތުހުމަތު ކުރެވޭ 3 މީހަކު ލ. ގަން ޕޮލިސް ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.

މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޖެނުއަރީ 22 ވަނަ ދުވަހު 08:00 ހާއިރު މާމެންދޫ އިންޖީނުގޭ ތިޖުރީ ހަލާކުކޮށްލައިގެން އެ ތިޖޫރީގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ދިވެހި ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން އެފައިސާތައް ހޯދުމަށް ލ. ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ތިން މީހުން އެމީހުން ދިރިއުޅޭ ގޭގައި ތިއްބައި ޖެނުއަރީ 22، 24، 25 މި ތިން ދުވަހުގައެވެ.

މާމެންދޫ އިންޖީނުގޭ އޮފީހުގެ ތިޖޫރީގައި ހުރި 180000.00 (އެއްލައްކަ އައްޑިހަހާސް) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ އިރު މި ފައިސާގެ ތެރެއިން ބޮޑު ބައެއް ފުލުހުން ހޯދާފައިވަނީ މި ޖެނުއަރީ މަހު 24 ވަނަ ދުވަހު ހެނދުނު 07:30 ހާއިރު މާމެންދޫ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވިނަ ގަސްތަކެއްގެ ތެރެއަށްލައި ފޮރުވާފައި ހުއްޓައެވެ.

ތިޖޫރިން ގެއްލިފައިވާ ފައިސާގެ ތެރެއިން ބޮޑުބައެއް ފުލުހުން ހޯދާފައިވާއިރު ނުފެނި ހުރި ފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ލ. ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ދަނީ ކުރަމުންނެވެ.

ވައްކަމުގެ މިމައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓު ގުޅިގެން ދަނީ ތަޙްޤީޤް ކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް