ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ރައްޔިތުންގެ ތެޔޮފިހާރައިގެ ކުރީގެ ސޭޓުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

ލިޔުނީ: Unknown - Tuesday, January 29, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާވަށު ރައްޔިތުންގެ ތެޔޮފިހާރައިގެ ކުރީގެ ސޭޓު އެ ފިހާރައިގެ ފައިސާ އަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތެޔޮފިހާރައިގެ ސޭޓަކަށް ހުރި މުހައްމަދު ނައީމްގެ މައްޗަށް ދައުވާކުރަން ފޮނުވީ އެ ފިހާރައިގެ 10 ބިލްތަކަށް ލިބުނު 76،000 އަށް ވުރެ ގިނަ ރުފިޔާ ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ނުވާ މައްސަލައަކާ ގުޅިގެން ކަމަށެވެ

އޭސީސީގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މި 10 ބިލުގެ ފައިސާ ލިބުނު ކަމަށް ބިލްތަކުގައި ތައްގަނޑު ޖަހާފައިވާ ކަމަށާއި ނަމަވެސް ބިލްތަކުގެ ތަފްސީލު ފޮތުގައި ލިޔެފައި ނުވާ ކަމަށެވެ. އަދި ބައެއް ބިލްތަކުގެ ކަސްޓަމާ ކޮޕީ ހޯދިއިރު އެ ބިލްތަކުގައި ސޮއިކޮށް އަދި ފައިސާއާ ހަވާލުވެފައި ވަނީ ވެސް މުހައްމަދު ނައީމު ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ. އަދި ކަސްޓަމާ ކޮޕީ ހޯދިފައި ނުވާ ބިލްތަކުގެ ފައިސާއާ ވެސް ހަވާލުވެފައި ވަނީ އޭނާކަން ތަހުގީގަށް ޔަގީންކުރެވޭ ކަމަށް އޭސީސީން ބުންޏެވެ

މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާކުރުމަށާއި، މި ފައިސާ އޭނާގެ އަތުން ނަގައިދިނުމަށް އެދި އެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް