މިމަހުގެ
28 ން ފެބްރުއަރީ މަހުގެ 9ށް އެމްޑީޕީން ކުރާ ވަޢުދުގެ ދަތުރުގެ
ރެޖިސްޓްރޭޝަން މާދަމާއިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް
ހުޅުވާލާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފިއެވެ.
ރައްޔިތުންގެ
ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި
ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން
ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކަނޑާ، ވަޔާއި، އެއްގަމު ދަތުރުގެ
ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން މުލަކު (މ) އަތޮޅާއި، ކޮލުމަޑުލު
(ތ) އަތޮޅާއި، ހައްދުންމަތި (ލ) އަތޮޅުގެ ހުރިހާ ރަށަކަށް ކުރާ މިދަތުރުގައި
ބައިވެރިވާން ބޭނުން ފަރާތްތައް ރެޖިސްޓްރީކޮށް މަޢުލޫމާތު އެރުވުން
އެމްޑީޕީގެ މައި ސެކްރެޓޭރިއަޓުން މާދަމާއިން ފެށިގެން ކުރިއަށްދާނެއެވެ.
އެމްޑީޕީގެ
ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި
އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު
ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން
އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް
ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ރައްޔިތުންގެ
ވިންދާއި އިޙުސާސްތައް ދެނެގަތުމަށް އެމްޑީޕީން ވަނީ މީގެ ކުރިން
އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ ރަށަކަށާއި ބޮޑުތިލަދުންމަތީގެ ހުރިހާ
ރަށަކަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތު
މެނިފެސްޓޯ އެކުލަވާލާއިރު ބޭނުންކުރެވޭނޭ ކަމަށްވެސް އެޕާޓީން ބުނެއެވެ.
No comments: