ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅުން ވަހީދަށް މަރުޙަބާ ކިއި ގޮތުން ވަހީދުގެ ވަފުދު މާޔޫސް ވާނެ

ލިޔުނީ: Unknown - Saturday, January 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫގައި މިއަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ލ. އަތޮޅަށް މިއަދު ހަވީރު ވަހީދު ވަޑައިގެންނެވި އިރު ކައްދޫ ވައިގެ ބަނދަރަށް ގޮސްފައިވަނީ ވަރަށް މަދު ބައެއް ކަމަށް އެތަނަށް ދިޔަ ބައެއް މީހުން މަޢުލޫމާތު ދީފިއެވެ. އަދި އެކަމުގެ ސަބަބުން ވަހީދުގެ ބައިވެރިން މާޔޫސް ވެފައި ވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުތަކުގައި މިއަދު ފެނިގެން ދިޔަ މަރުޙަބާ އާއި އިސްތިޤުބާލުކުރުން މާބޮޑަށް ފުރިހަމ ވެފައި މީހުން ގިނަކަން ފާހަގަ ކޮށްލެއެވެ.

ވަހީދުގެ އިސްތިގުބާލަށް ކުރަން ހުރި މަސައްކަތްތައް ނުނިމި ހުރި އިރު ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް މިކަންތައްގަނޑު ތެރޭގައި ހިގަމުން އެބަދއެވެ. އެގޮތުން ބިޑް ނުކޮށް ކުލަ ގަނެ ގޭގެޔަށް ކުލަ ބެހުމާއި، ބިޑް ނުކޮށް ރަސްމިއްޔާތަށް ގެނައި ފެން ކޭސްތައް ގެއެއްގައި ބޮޑު އަގު ދީފައި ގުދަން ކުރުވުމާއި ބޮޑުކޭން ކެއްކުންވެސް ބިޑް ނުކޮށް މީހުންނަށް ފައިސާ ދީގެން ކުރުވުމަށް އެމީހުން ބޭނުން ބަޔަކު ހޮވާލާފައި ވާކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން ސިފައިން ރެޔާއި ދުވާލު އަވަދި ނެތި ވަދިކޮށް މަސައްކަތް ކުރަމުންދާއިރު މިއަދު މެންދުރު ފޮނަދޫގައި ދިދަ ޖެހުމަށް އުޅުނު ބައެއް ސިފައި ގޭގޭ ގަސްގަހު ވަގަށް ން މޭވާ ބިނދެގެން ކޭ މެންޒަރު ރަށުގެ ބައެއް މީހުންނަށް ފެނިފައި ވެއެވެ.

ދީން ހިމާޔަތްކުރަން ގެނައި ސަރުކާރުގެ ވެރިމީހާ ގެ ކުރިމަތީގައި ފޮނަދޫ އަންހެނުން ކޮމެޓީން ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޅަ އަންހެންކުދިން ލައްވާ ނައްޓުވާފައި ވެއެވެ. މި ކަމުގައި ޅަ ކުދިން ބޭނުންކުރީ އެކުދިންގެ ބެލެނެވރިން ކައްދުއަށް ދާނެކަން ޔަޤިންވާތީ އެކަމުގެ ސަބަބުންވެސް ކައްދޫން ފެންނަ ބޯ ގިނަވާނެ ކަމަށް އަންހެނުން ކޮމެޓީގައި ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް މިއަދު ކައްދުއަށް ދިޔަ މީހުންގެ ޢަދަދު މަދުކަމުން ކުލަ ހެދުމުގައި ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިފައިވެސް ކައްދޫގައި އުޅުނުކަމަށް އެލް.އޭ ނިއުސް އަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ވަހީދު ސަލާން ކުރަމުން ދިޔަ އިރު އެއްކޮޅުން ސަލާން ކުރި މީހުން ސަފުގެ އަނެއް ކޮޅަށް މަންޒަރު ރީތިކުރުމުގެ ނަމުގައި ގެންގޮސްފައި ވަކަމީވެސް ހަގީގަތެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް