ފަހުގެ ޚަބަރު


އިތުރަށް...

ޤައުމީ ދުވަހާއި ގުޅުވައިގެން ބަޑިބޭހުގެ ކުޅިވަރުތަކެއް ލ. އަތޮޅުގައި ބާއްވަން ނިންމަވައިފި

ލިޔުނީ: Unknown - Saturday, January 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ލ. އަތޮޅުގައި ބަޑިބޭހުގެ ކުޅިވަރުތަކެއް ބޭއްވުމަށް ނިންމަވައިފެއެވެ.
އެގޮތުން މިޙަރަކާތްތައް ބޭއްވުމަށް ހަމަޖައްސަވާފައިވަނީ 2013 ޖެނުއަރީ 14 ވަނަ ދުވަހުގެރޭ 21:00 ގައި ފޮނަދޫ ބަނދަރު ސަރަޙައްދުގައެވެ. މިކުޅިވަރުތައް ބަލާލުމުގެ ފުރުޞަތުތައް އާންމުނަށް ވަނީ ހުޅުވާލެވިފައެވެ.

ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މަގުމަތީ ހިނގާލުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސަވާފައެވެ. މިގޮތުން މިހިނގާލުން އޮންނާނީ ޤައުމީ ދުވަސް ކަމަށްވާ 2013 ޖެނުއަރީ ދުވަހުގެ ހަވީރު 16:00 ގައެވެ. ހިނގާލުން ފެށޭނީ ފޮނަދޫ ބަރާސީލް އަވަށު ބޯޅަ ދަނޑު ކުރިމަތިންނެވެ. މަގުމަތީ ހިނގާލުން ނިންމާލާނީ ފޮނަދޫ ކުރިގަމު އަވަށު ބޯޅަދަނޑަށެވެ.

މީގެއިތުރުން ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު، ޤައުމީ ދުވަހުގެ ހެނދު 06:00 ގައި ލ.އަތޮޅު ކައުންސިލްގެ އިދާރާއިގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެދުވަހުގެ ހަވީރު ކުރިގަމު އަވަށު ބޯޅަދަނޑުގައި ބާއްވާ އެއްބައިވަންތަކަމުގެ އަތުގުޅާލުމުގައި ދިވެހި ސިފައިން ބައިވެރިވާ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

އަދި ޤައުމީ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގައި ދިވެހި ސިފައިންގެ ސްޓޯލެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ބައިވެރިވާނެއެވެ. މީގެއިތުންވެސް ޤައުމީދުވަހުގެ މުނާޞަބަތުގައި ބާއްވާ ސްޓޭޖްޝޯވ ގައި ކޮޕްސް ބޭންޑުން ލަވަ އާއި މިއުޒިކް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް