ފަހުގެ ޚަބަރު


އިތުރަށް...

މިދިޔައަހަރު މަޖިލީހުން ބޭއްވި ހުރިހާ ޖަލްސާތަކަށް ލ. އަތޮޅުގެ ތިން މެންބަރަކު ހާޒިރުވި

ލިޔުނީ: Unknown - Sunday, January 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފާއިތުވި 2012 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހާޒިރީރިޕޯޓަށް ބަލާއިރު ހުރިހާޖަލްސާތަކަށް ހާޒިރުވެފައިވަނީ 77 މެންބަރުންގެ ތެރެއިން 9 މެންބަރުންނެވެ. އަދި މި މެންބަރުންގެ ތެރޭގައި ގަމު ދާއިރާ އާއި މާވަށު ދާއިރާ އާއި އިސްދޫ ދާއިރާގެ މެންބަރު ހިމެނިވަޑައިގަންނަވައެވެ. ލ.އަތޮޅު މެންބަރުންގެ ތެރެއިން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއް ރަޙީމް ޢަބްދުﷲ ހުރިހައި ޖަލްސާއަކަށް ޙާޒިރުވެފައެއް ނުވެއެވެ.

މިދިޔައަހަރު ރައްޔިތުންގެ މަޖިލީހުން 81 ޖަލްސާ ބޭއްވިއިރު އެހުރިހާ ޖަލްސާއަކަށް ވަޑައިގެންފައިވަނީ އެމްޑީޕީގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ހަމަ އެޕާޓީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ޕީޕީއެމްގެ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު، އިނގުރައިދޫ ދާއިރާގެ، ޕީޕީއެމް މެންބަރު ހަމްދޫން އަބްދުﷲ ޙަމީދު، އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ރަޝީދު، ކެލާދާއިރާގެ، ޑީއާރުޕީގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް، ގަމުދާއިރާގެ ޕީޕީއެމްގެ މެންބަރު ޔޫސުފް އަބްދުލް ޣަފޫރެވެ.

މި ރިޕޯޓުގައިވާގޮތުން ހާޒިރީގެ އެންމެ ފުލުގައި އުޅުއްވަނީ އެމްޑީޕީގެ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމެވެ. 81 ޖަލްސާގެ ތެރެއިން އޭނާ ވަޑައިގެންފައިވަނީ 47 ޖަލްސާއަށެވެ.

މިދިޔަ އަހަރު ޖަލްސާތަކުގެ ތެރެއިން ހާޒިރީގެ ފުލުގައި ދެވަނަ އަށް އޮތީ އެމްޑީޕީގެ މެންބަރު ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމެވެ. އޭނާ ވަޑައިގެންފައިވަނީ 48 ޖަލްސާއަށެވެ.

3 ވަނައަށް ފާހަގަކޮށްފައިވަނީ 53 ޖަލްސާއަށް ވަޑައިގެންނެވި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ.

މިދިޔަ އަހަރު މަޖިލިސް ހުޅުވުމުގެ ޖަލްސާ ބާއްވާފައިވަނީ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްފަހު ދެމަސް ދުވަހުގެ ޗުއްޓީއަށް ދިއައިރު  ފުރަތަމަ ދައުރުގައި ބޭއްވީ 14 ޖަލްސާ އެވެ.

ޗުއްޓީއަށްފަހު ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން މަހުގެ 4 ވަނަ ދުވަހު ފަށައި 31 ޖުލައިގެ ނިޔަލަށް ޖަލްސާތައް ނިންމައިލި ނަމަވެސް މަޖިލީހުން ކޮންމެހެން މުއްދަތު އިތުރުކުރަންޖެހޭ ޤަވައިދުތަކެއް ހުރުމާއިއެކު މަޖިލީހުގެ ރިޔާސަތުން ވަނީ މެންބަރުން ޗުއްޓީގައި ތިއްބަވަނިކޮށް މަޖިލީހުގެ ހާއްސަ ޖަލްސާއެއް އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ބާއްވާފައެވެ. އެ ޖަލްސާއާއިއެކު މިދިޔަ އަހަރު މަޖިލީހުގެ ދެވަނަ ދައުރުގައި ބޭއްވީ 26 ޖަލްސާ އެވެ.

ތިންވަނަ ދައުރުގެ ޖަލްސާތައް އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ފަށައި ތިން ވަނަ ދައުރުގެ ޖަލްސާތައް ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށްފަހު ޗުއްޓީއަށް ދިއައިރު މަޖިލީހުގެ ހާޒިރީ ދައްކާގޮތުން ތިން ވަނަ ދައުރުގައި ބޭއްވީ 41 ޖަލްސާ އެވެ.

2012 ވަނަ އަހަރު 81 ޖަލްސާ ބޭއްވިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރި ނަމަވެސް އަހަރުގެ ގިނަ ޖަލްސާތައް ނިންމާލާފައިވަނީ ކޯރަމްގެ މައްސަލަތަކާ ގުޅިގެން ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ގަޑިއަށްވުރެ އަވަހަށެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މިމައްސަލތައް ހުރި ނަމަވެސް މިދިއަ އަހަރަކީ ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް