ފަހުގެ ޚަބަރު


އިތުރަށް...

ރީޖަނަލް ތިން އެއާޕޯޓެއް ހިންގަން ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

ލިޔުނީ: Unknown - Saturday, January 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖެތެރޭގައި އޮތް ރީޖަނަލް ތިން އެއާޕޯޓެއް ކުއްޔަށް ހިފަން ރާއްޖޭގެ ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ގދ. ކާޑެއްދޫ އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓާއި ލ. ކައްދޫ އެއާޕޯޓު ހިންގާ ބެލެހެއްޓުމަށް ކުރިމަތިލާފައިވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް، ވިލާ އެއާވޭސް، ބޮނަވިސްޓާ އަދި އިކުއިޓީ ޕްރިމިއާ މި ހަތަރު ކުންފުނިންނެވެ.
މީގެތެރޭގައި ހިމެނޭ ބޮނަވިސްޓާ މޯލްޑިވްސްއަކީ ގއ. ކޫއްޑޫ އެއާޕޯޓް ހެދި ކުންފުންޏެވެ. އިކުއިޓީ ޕްރިމިއާ އިން މިހާތަނަށް ކުރަމުންދަނީ ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތެވެ. ދެންއޮތް ދެކުންފުނީގެ ތެރެއިން ވިލާ އެއާއިން އދ. މާމިގީލިގައި ގާސިމްގެ ވިލާ އެއާޕޯޓް ހިންގަމުންދާއިރު، އައިލެންޑް އޭވިއޭޝަނުން ގެންދަނީ ބ.ދަރަވަންދޫ އެއާޕޯޓް ހިންގަމުންނެވެ.
މި ތިން އެއާޕޯޓުވެސް ކުށްޔަށް ދޭނީ 25 އަހަރުގެ މުއްދަތަކަށެވެ. އެމުއްދަތުގައި ހިންގުމުގެ އިތުރުން އެއާޕޯޓްތައް އިތުރަށް ތަރައްގީވެސް ކުރަންޖެހޭނެއެވެ.  ހަތަރު ކުންފުނިން ޝައުގުވެރިކަން ފާޅުކުރުމާއެކު މަޝްރޫޢުގެ ޕްރޮޕޯސަލް ހުށަހެޅުމަށް މިހިނގާ ޖެނުއަރީ 17 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އެފަރާތްތަކަށް ފުރުސަތު ދީފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް