ފަހުގެ ޚަބަރު


އިތުރަށް...

ލ. ކައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Unknown - Wednesday, January 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ކައްދޫގައި ދެ ސައިކަލެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސިފައިންގެ މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މެންދުރުފަހު މާލެ ގެންގޮސްފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކައްދޫން ފޮނަދުއަށް އަދި ފޮނަދޫން ކައްދުއަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ކަމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއްވިއެވެ.

ނަމަވެސް މި އެކްސިޑެންޑް ހިނގި ސަރަޙައްދެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އިތުބާރު ހުރި ފަރާތަކުން މަޢުލޫމާތު ލިބިފައި ވަނީ ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަށް ވަންނަން އޮންނަ މަގުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓްވެ އެކަކުގެ ބަނޑުގެ ކޮންމެވެސް ހިސާބަކުން ފަޅައިގެން ގޮސްފައި ވާކަމަށެވެ.

މި ހާދިސާގައި ބޮޑަށް އަނިޔާވި ސިފައިންގެ މީހާގެ ކަނދުރާއަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ވިދާޅުވީ މިއަދު ހެނދުނު މި އެކްސިޑެންޓް ހިނގާފައި ވަނީ ފޮނަދު އާއި ކައްދުއާ ދެމެދު ދަތުރުކުރި ދެ ސައިކަލް ޖެހިގެން ކަމަށާއި މި އެކްސިޑެންޓްގައި ޒަހަމްވި ދެ މީހުން ވެސް މިހާރު މާލެ ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. 

މި ހާދިސާ އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ގެންދަވަނީ ތަޙްޤީޤް ކުރައްވަމުންނެވެ.

މި ދިޔަ ހަފުތާ ތެރޭގައިވެސް ކައްދޫ މެއިން ރޯޑްގައި އެކްސިޑެންޓެއް ހިނގައި ފޮނަދޫ ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެފައި ވެއެވެ. އެ ޒުވަނާގެ ޙާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.
 

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް