ފަހުގެ ޚަބަރު


އިތުރަށް...

ހެކަރުންގެ ކިބައިން ސަލާމަތްވުމަށް ރައްކާތެރި ޕަރސްވޯޑްއެއް ބޭނުންކުރުމަކީ މުހިއްމުކަމެއް

ލިޔުނީ: Unknown - Friday, February 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

http://4.bp.blogspot.com/-HCKeH8AtuDI/USd5Ei0qZ8I/AAAAAAAACPU/3dUwkZGDnhE/s1600/aj.JPG



ނަވާރަ ސަތޭކަ ފަންސާސް ވަނަ އަހަރު ދުނިޔޭގެ ވުޖޫދަށް އުފަންވި އިންޓަރނެޓްގެ ވަސީލަތަކީ މިހާރު އިންސާނުންގެ ޒަރޫރީ 
ބޭނުންފަދައިން ބޭނުންވާ އެއްޗެއްކަމާއި މެދު ދެބަސްވާނެ މީހަކު އުޅޭނެކަމަކަށް ނުފެނެއެވެ. މިގޮތުން ދެހާސް ބަރަވަނަ އަހަރު ނިމުނު އިރު ސާޅީސް ފަސްބިލިއަނަށްވުރެ ގިނަ ވެބް ސަފްޙާ އިންޓަރނެޓްގައި ވާކަމަށް ވާލްޑްވައިޑްވެބްސައިޒްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާގިނަ ވެބްސައިޓްތައް އިންޓަރނެޓްގައި ދައުރުވަމުން އަންނައިރު ސިކުންތަކު ވެބްސައިޓެއް ހެކްކުރާކަމަށް ނެޓްވޯކްވޯލްޑްއިން ބުނެއެވެ.


ވެބްސައިޓްތަކާއި ޕަރސްވޯޑްތައް ފަސޭހަމަކަމާއިއެކު ހެކްކުރުން ނުވަތަ ކްރެކްކުރެވެނީ އެ ވެބްސައިޓެއް އަދި އެކައުންޓެއްގެ ވެރިފަރާތުން އެހާ ބޮޑަށް ރައްކާތެރި ފިޔަވަޅުތައް އަޅާފައިނެތުމުގެ ސަބަބުން ކަމަށް ވެބްމަރސްޓަރުން ދެކިލައްވައެވެ. (ވެބްމަރސްޓަރުންނަކީ ވެބްސައިޓް ޑިޒައިންކުރާ ފަރާތްތަކެވެ.) 

އަޅުގަނޑުމެން ދިވެހިންގެ ތެރޭން ގިނަބަޔަކު އާއްމުކޮށް އެކި ވެބްސައިޓްތަކަށް ސައިން، އިން ވުމަށް ޖަހާޕަރސްވޮޑްތަކަކީ ވަރަށް ފަސޭހަ އަދި އެ ވެބްސައިޓްތަކުން ލާޒިމްކުރާ އެންމެ ކުރު ޕަރސްވޯޑް ބޭނުންކުރާ ފަރާތްތަކެވެ. ސަބަބެއްކަމަށް ގިނަފަރާތްތަކުން ބުނަނީ ދިގު އަދި އުނދަގޫ ޕަރސްވޯޑްއެއް ބޭނުންކުރުމުން ހަނދާންބެހެއްޓުން އުދަނގޫވާކަމަށެވެ. އެހެންނަމަވެސް މިގޮތަށް ކުރު އަދި ފަސޭހަ ޕަރސްވޯޑް ފޭސްބުކްގައި އަދި ޓްވިޓަރ އެކައުންޓްގެ އިތުރުން އަމިއްލަ ކޮންމްޕިއުޓަރގައި ބޭނުންކުރުމުން އެޕަރސްވޯޑްއެއް ކްރެކްކުރުމަށް ފަސޭހަވެއެވެ. (ކްރެކްކުރުމަކީ ކްރެކްކުރުމަށް ޚާއްސަ ސޮފްޓްވެއަރ ބޭނުންކޮށްގެން ޕަރސްވޯޑް ވަގަށްނެގުމެވެ.) މިގޮތުން ލޯވަރ ކޭސް އަކުރު ބޭނުންކޮށްގެން ޕަރސްވޯޑް ޖެހުމުން އެޕަރސްވޯޑެއް ކްރެކްކުރަން ފަސޭހަވެއެވެ. އެހެންކަމުން ކްރެކްކުރާ ސްފްޓްވެއަރ އެއް ބޭނުންކޮށްގެން ދިހަ މިނިޓްގެ ވަގުތުކޮޅެއްގެ ތެރޭގައި އެފަދަ ޕަރސްވޯޑްތައް ކުރެކުރެއެވެ.

އަޅުގަނޑުމެންގެ ތެރޭން ގިނަ ބޭފުޅުން ބޭނުން ކުރައްވަނީ ލޯވަރކޭސް އަކުތަކުގެ ޕަރސްވޯޑްއެވެ. އެއީ ހަނދާންކުރަން ފަސޭހައަކަށެވެ. އެކަމަކު މިހާރު މުޖްތަމަޢުގައި ހެކްކުރުން އާއްމުވެފައި އަދި ކްރެކްކުރާ ސްފޮޓްވެއަރތައް އިންޓަރނެޓްގެ ޒަރިއްޔާއިން ލިބެންހުރި ޒަމާނެއްގައި އެފަދަ ރައްކާތެރިކަން ކުޑަ ޕަރސްވޯޑް ބޭނުންކުރުމުން ހިތަށްވެސް ނުގެނެވޭ ވަރުގެ ގެއްލުމެއް ލިބިދާނެއެވެ. ޕަރސްވޯޑްއެއް ހެކްރުމުގެ ސަބަބުން ނުވަތަ ކްރެކްކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ފޭސްބްކް އެކައުންޓްއެއް ހެކްކޮށްގެން އެ އެކައުންޓްގެ ވެރިފަރާތުގައި ނަމުގައި ތަފާތު ވޯލްޕޯސްޓްތައްކޮށް އެފަރާތެއްގެ އަބުރަށް ހުތުރުވާގޮތަށް ފޮޓޯ ޕޯސްޓްކުރުން، އަދި އެކައުންޓްގެ ހުރިހާ ބާރެއް އެ ހެކްކުރާފަރާތަށް ލިބުން ހިމެނެއެވެ.


ވެބްސައިޓް ފަރުމާކުރާ އަދި  ސްފްޓްވެއަރ ޓެކްނޮލޮޖީ ފަންނުވެރިން ވިދާޅުވާގޮތުގައި ލޯވަރކެސް އަކުރާއި އަޕަރކޭސް އަކުރުގެ އިތުރުން ސިންބަލް ބޭނުންކުރުމުން އެފަދަ ޕަރސްވޯޑްއެއް ކްރެކްކުރުމަށް ސާޅީސް ހަތަރު ހާސް އަހަރު ކްރެކްސޮފްޓްވެއަރތައް ނަގާނެކަމަށްވެއެވެ. އެއީ ކްރެކް ސޮފްޓްވެއަރ ތައް މަސައްކަތްކުރަނީ ޕަރސްވޯޑް ހޯދުމަށްޓަކައި ކޮމްޕިއުޓަރގެ ހުރިހާ އަކުރުތަކާއި ސިންބަލްތައް އެޕްލައިކޮށްގެންނެވެ. އެހެންވުމުގެ ސަބަބުން ކުރިން ދަންނަވާލިގޮތަށް ރައްކާތެރިކަންބޮޑު ޕަރސްވޯޑްއެއް ބޭނުންކުރުމުން ސްފްޓްވެއަރ އަށް އެޕަރސްވޯޑް ދެނެގަތުމަށް އުނދަގޫވަނީއެވެ.


ކުރިން ދަންނަވާލިގޮތަށް ދިގު އަދި އުނދަގޫ އެކަމަކު ރައްކާތެރިކަން ބޮޑު ޕަރސްވޯޑްބޭނުންކުރަން ގިނަ ފަރާތްތަކުން ބޭނުންނުވަނީ އެޕަރސްވޯޑް ހަނދާކުރަން ފަސޭހަނުވާތީކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. މިކަމަށް މިހާރު ސޮފްޓްވެއަރ އިންޖިނިއަރުންވަނީ ހައްލުހޯދާފައެވެ. މިހާރު އަޅުގަނޑުމެން ވެބްސައިޓްތަކުގައި ބޭނުންކުރާ ސޮފްޓްވެއަރ، ހަނދާނުގައި ބަހައްޓަން މާގިނަ މަސައްކަތްކެއްކުރާކަށް ނުޖެހެއެވެ. އެއީ ޕަރސްވޯޑްހަނދާކުރުމަށް ހިލޭ ލިބޭ ސޮފްޓްވެއަރ ވަނީ ހަދާފައެވެ. މިގޮތުން “މައި ލާސްޓް ޕަރސް ވޮލްޓް” ވައްތަރުގެ ގިނަ ސޮފްޓްވެއަރ އިންޓަރނެޓްގެ ޒަރިއްޔާއިން ލިބެންއެބަހުއްޓެވެ. މިފަދަ ސޮފްޓްވެއަރތައް ބެނުންކޮށްގެންވެސް އަޅުގަނދުމެންގެ އެކައުންޓަތަކުގެ ޕަރސްވޯޑް ރައްކާތެރިކުރަމަކީ ވަރައްމުހިއްމުކަމެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ އެކައުންޓް ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ ކަމެކެވެ. ވީމާ، ޕަރސްވޯޑްތައް ބެލެހެއްޓޭނީ އަޅުގަނޑުމެން ސަމާލުވެގެންނެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް