ފަހުގެ ޚަބަރު


އިތުރަށް...

ލ.ގަމު ތުނޑީއަވަށާދިމާ އިރުމަތީފަރާތު ބޭރުގައި ޤަވާޢިދާ ޚިލާފަށް ހުއިފިލަނޑާ ނަގަމުންދިޔަ ބަޔަކު ފެނިއްޖެ

ލިޔުނީ: Unknown - Friday, February 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޤަވާޢިދާ ޚިލާފަށް ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނަގަމުންދިޔަ ބަޔަކު އިއްޔެ ފެނިއްޖެއެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކާ އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ގަވާއިދާއި ޚިލާފަށް ހުއިފިލަނޑާ ނަގަމުންދިޔަ ބަޔަކު އަތުލައިގަނެވިފައެވެ.

އިއްޔެ މެންދުރު ގާތްގަނޑަކަށް 11:00 ހާއިރު، ލ.ގަމު ތުނޑީއަވަށާދިމާ އިރުމަތީފަރާތު ބޭރުގައި ހުއިފިލަނޑާ ނަގަމުންދަނިކޮށް ފެނިފައިވަނީ ލ. ގަމު ތުނޑީއަވަށު "ލީޒް'' ނަމަކަށް ކިޔާ ދޯންޏެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިދޯނީގައި ތިބީ ލ. ގަމު ތުނޑީ އަވަށު 07 މީހުން ކަމަށާއި މިދޯނި ފެނިފައިވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. 

އެމްއެންޑީއެފް ސެންޓްރަކް އޭރިއާއިން މިދޯނި ބަލާފާސްކުރިއިރު ދޯނި ތެރޭގައި ހުއިފިލަނޑާ ހުރިކަމަށާއި، އަދި ޑައިވްކުރަން ބޭނުންކުރާ އާލާތްތަކާއި މަސް މަރާ ބަޑިއެއް މި ދޯނިން ފެނުނުކަމަށްވެސް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އިން މަޢުލޫމާތު ދެއްވައެވެ. 

މިހާރު މިދޯނި ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެދަށުން ލ.ގަމު ޕޮލިސް ސްޓޭޝަނާ ޙަވާލުކުރެވިފައި ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ.


ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު 87/5 އިން ބާރުލިބިގެން ހަދާފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤަވާޢިދުގެ 02 ވަނަ މާއްދާގެ ޅ. ގައި ބުނެފައިވަނީ ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ އާއި އިހި ނެގުމަކީ މަނާ ކަމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް