ފަހުގެ ޚަބަރު


އިތުރަށް...

މަދަޙަ ހޯދުމަށް ފަސޭހަ މަގެއް

ލިޔުނީ: Unknown - Tuesday, February 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެކި އެކި މުނާސަބަތުތަކާއި ގުޅިގެން މަދަޙަ ނުވަތަ ނަޝީދު ކިޔުމުގެ މުބާރާތްތައް ބޭއްވުން ޢާއްމުވެފައި ވާއިރު، މަދަޙަ ހޯދުމަކީ ބައެއް ދަރިވަރުން، ބެލެނިވެރިން އަދި މުދައްރިސުންނަށްވެސް ދަތިކަމަކަށް ވެދެއެވެ. އަދި ބައެއް މަދަޙަ ތަކުގެ އޯޑިއޯ ހޯދުން ދަތި ކަމަކަށް ވެގެން އުޅޭތަން ފެންނަލެތް މަދެއް ނޫނެނެވެ.
 
އަދި މިދެންނެވިފަދަ މުބާރާތެއް ބޯމަތިވެގެން އަންނަހިނދު މަދަޙައިގެ ޅެން ލިޔަން ޖެހުމަކީވެސް ވަދިކޮށް އުޅުއްވާ ފަރާތްތަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން މި ބްލޮގްގެ ޒަރީޢާއިން މަދަހައިގެން ޅެން ކޮޕީ ޕޭސްޓް ކޮށްލައިގެން ފަސޭހަކަމާއި އެކު ޕްރިންޓް ނެގުމަށް ބޭނުންކުރެވިދާނެއެވެ.

މަދަޙަ ލިރިކްސް ގެ ނަމުގައި އެލް.އޭ ނިއުސް އިން ތަޢާރަފްކުރާ މި ބްލޮގަކީ، އެއްތަނަކުން މަދަޙައިގެ ޅެމާއި މަދަޙައިގެ އޯޑިއޯ ނުވަތަ ވީޑިއޯ ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައި ބްލޮގް އެކެވެ. މަދަޙައިގެ އޯޑިއޯ ނުވަތަ ވީޑިއޯ ލިބިފައިނުވާ މަދަޙަ ތަކުގައި އެ މަދަޙައިގެ ރާގުގައި ކިޔާފައިވާ ލަވައެއް ހިމަނާލާފައިވެސް ބައެއް ފަހަރަށް ހުންނާނެއެވެ.

މި ބްލޮގް ވިދާޅުވުމަށް އޭ_ފަރުމާ ފޮންޓް ބޭނުންވާނެއެވެ. އަދި ލިޔުންތައް ރީތިކޮށް ފެންނާނީ ހަމައެކަނި މޮޒިއްލާ ފަޔަރފޮކްސް ބްރައުޒަރ އިންނެވެ. މަދަޙައާއި އެކު އެޓޭޗް ކޮށްފައިވާ ޔޫޓިއުބް ވީޑިއޯތައް ފެންނާނީ އެކަމަށް ބޭނުންވަ ޕްލަގިން ސިސްޓަމަށް އަޅާފައި ވާނަމައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް