ފަހުގެ ޚަބަރު


އިތުރަށް...

ލ.ގަމުގައި ނަރުދަމާގެ މަސައްކަތް 85 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

ލިޔުނީ: Unknown - Tuesday, February 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމުގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް 85.7 މިލިއަން ރުފިޔާއަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ޕްރެންޗް ޑިވަލޮޕްމަންޓް އެޖެންސީ (އެފްޑީއޭ)ގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މެންދުރު ފަހު ހައުސިން މިނިސްޓްރީގަ އެވެ. މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ސޮއިކުރެއްވި އިރު އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު ދީދީ އެވެ.


ބަޣާވާތުން ސަރުކާރު ވައްޓާލުމުގައި އިސް ދައުރެއް އަދާކުރިކަމަށް ޢާއްމުން ތުހުމަތު ކުރަމުން އަންނަ މަތީން ވިދާޅުވީ އެއްބަސްވުމުގެ ދަށުން މަސައްކަތް ނިންމަން ޖެހޭނީ އެއްބަސްވުމުގައި ސޮއިކުރާތާ 18 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އެމްޑަބްލިއުއެސްސީއާ އެ މަސައްކަތް ހަވާލުކުރީ އިއުލާންކޮށްގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ ފަރާތުން އެންމެ ރަނގަޅު އަގެއް ހުށަހެޅުމުން ކަމަށް މަތީން ވިދާޅުވި އެވެ.


މިއަހަރުގެ ތެރޭގައި ނަރުދަމާ އެޅުމަށް ހަމަޖެހިފައިވާ ހުރިހާ ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް އިއުލާން ކުރަމުން އަންނަ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް