ފަހުގެ ޚަބަރު


އިތުރަށް...

މިމަހު 20 ގައި މަސައްކަތް ފެށުމަށް ނިންމާފައިވާ ދަނބިދޫ ބަނދަރު ހެދުން ޚަބަރެއް ނުވެ ވީގޮތެއް ނޭގިފައި

ލިޔުނީ: Unknown - Friday, March 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދަނބިދޫ ގައި މިހާރު އޮތް ބަނދަރު - ފޮޓޯ: ދަނބިދޫ ޑޮޓް ކޮމް
މިމަހު 20 ގައި ފެށުމަށް ނިންމާފައިވާ ދަނބިދޫގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނުފެށި ބަނދަރު ހެދުމުގެ އެއްވެސް ޚަބަރެއް ނުވާކަމުގައި އެރަށުން މައުލޫތު ދިން ފަރާތަކުން ބުނެފިއެވެ.
ސަރުކާރާއި އެމް.ޓީ.ސީ.ސީ. އާއި ދެމެދު ވެވުނު ދަނބިދޫ ބަނދަރު ހެދުމުގެ އެއްބަސް ވުމުގައި ވާގޮތުން ނަމަ އެ މަސައްކަތް އަމަލީގޮތުން ފަށަން ޖެހޭ ދުވަހަކީ މާރޗް  20ވަނަ ދުވަހެވެ. އެހެންނަމަވެސް ހިތާމަޔަކީ މި މަސައްކަތް ފެށެން އުޅޭކަމުގެ އެއްވެސް ކޮޅުމައްޗެއް ފެންނަން ނެތުން ކަމަށް އެރަށުން މަޢުލޫމާތު ދިން މީހާ ބުންޏެވެ.

އަދި މިކަމުގައި އުފެދޭ ސުވާލުތަކެއް އެބަހުރި ކަމަށާއި އެގޮތުން އުފެދޭ ސުވާލަކީ ދަނބިދޫގައި ކުރަން ރާވާ މިފަދަ ތަރައްގީގެ މަޝރޫއުތަކަށް މިވަނީ ކީއްބާވައެވެ؟ ސަރުކާރުން މިކަމާ އަޅާ ނުލަނީ ބާވައެވެ؟ ދަނބިދޫ ކައުންސިލްއިން މިކަންކަމަށް ސަމާލުކަން ދޭން ޖެހޭވަރަށް ނުދެނީ ބާވައެވެ؟ ނޫނީ އާންމު ރައްޔިތުން ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެކަށީގެންވާ ޕްރެޝަރެއް ކަމާބެހޭ އިދާރާތަކަށް ނުދެވެނީބާއެވެ.

2013  ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި  ވަނީ އުތީމުގެ އިތުރުން ލ. ދަނބިދޫ އަދި ލ. މާވަށުގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގަ ސޮއި ކޮށްފައެވެ.

ލ. ދަނބިދޫގައި މިހާރު އޮތް ބަނދަރު ހަލާކުވެފައި ވާތީ އެ ރަށުގައި އަލުން ހެދުމަށް ހަމަޖެހިފައިވާ 450 ފޫޓް ދިގު، 250 ފޫޓް ފުޅާ ބަނދަރުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 29.7 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކޮށްފައި ވަނީ އެމްޓީސީއާ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަހުމަދު އާދްހަމް އަބުދުﷲ އެވެ. އެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މާޗް 20 ގަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް