ފަހުގެ ޚަބަރު


އިތުރަށް...

މާރޗް 23 ވަނަ ދުވަހުގެ ރޭގެ ވަގުތު ތަކެއް އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ތަކެއްގެ ގޮތުގައި ހަމަޖައްސައިފި

ލިޔުނީ: Unknown - Friday, March 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
2009 ވަނަ އަހަރު ގަން-ފޮނަދޫ ކުދިބޮޑު އެންމެން އެކުވެގެން ބޭއްވި 350 ކެމްޕޭން ގެ ޙަރަކާތް
ދުނިޔޭގެ ތިމާވެށިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާރޗް މަހުގެ 23 ވަނަ ދުވަހުގެރޭ (މާދަމާ ރޭ) 19:30 ން އެރޭ 22:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފިއެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ މުނާސަބާ އާއި ގުޅިގެން ސަރުކާރުން އެވަގުތު ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ތިމާވެށީގެ ކަންތައްތަކުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ޢާއްމު ރައްޔިތުން އަހުލުވެރި ކުރުވުމަށެވެ. މީގެއިތުރުން އެދުވަހުގެ ރޭ 20:30 ން 21:30 އަށް (01 ގަޑިއިރުގެ ވަގުތަކަށް) ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗެހި ފިޔަވައި އެހެން ހުރިހާ އެއްޗަކުން ކަރަންޓު ކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ.

އެދުވަހުގެ ވަކި ވަގުތެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެހިފައިވީނަމަވެސް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދާއި އެންބިއުލެންސާއި ޚާއްސަ އެހީއަށް ބެނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައި ހުންނަ ސައިކަލުތަކަށް ދުއްވޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަމަޖައްސާފައެވެ. މިދެންނެވި ފަރާތްތައް ފިޔަވައި އިންޖީނުލީ އެހެން އުޅަނދު ދުއްވުމަކީ “އެއްގަމު ދަތުރުފަތުރު ޤާނޫނު” 2009/5 ގެ 5 ވަނަ މާއްދާ (ރ) ގެ ދަށުން މަނާ ކަމެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސާފައެވެ.

ފުލުހުން މިކަމުގައި ސަމާލުކަންދޭންވީ ހުއްދަދެވިފައިވާ އުޅަނދު ފަހަރަށް އެއޮތޯރޮޓީން ޚާއްސަ ހުއްދައެއް ދެވޭއިރު އަތޮޅުތަކުގައި ބޭނުންކުރާ އުޅަނދު ފަހަރަށް އަތޮޅުކައުންސިލް އިދާރާއިން ނުވަތަ ރަށު ކައުންސިލް އިދާރާއިން ހުއްދަދިންކަމުގެ ލިޔުން އޮންނަން ޖެހޭގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައި އޮތް އޮތުމަށެވެ.

ފައިމަގުގައި ހިނގާފައި އުޅޭ ވަގުތާއި ގުޅިގެން ހަމަޖައްސާފައިވާ އުޞޫލުތަކާއި ޚިލާފުވާ ފަރާތްތަކާމެދު 2009/5 (އެއްގަމު ދަތުރުފަތުރު ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ އަންގަވާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް