ފަހުގެ ޚަބަރު


އިތުރަށް...

މާވަށުގައި އެޅުމަށް ހަމަޖެހިފައިވާ 500 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން އިއުލާންކޮށްފި

ލިޔުނީ: Unknown - Wednesday, March 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާވަށުގައި އެޅުމަށް ހަމަޖެހިފައިވާ 500 މީހުންގެ ޖާގައިގެ މިސްކިތާއި އިތުރު ހަ ރަށެއްގައި އިމާރާތް ކުރުމަށް ނިންމާފައިވާ މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން  ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގައި ނ. މާޅެންދޫގައި އަޅާ 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ރ. އިންނަމާދޫގައި އަޅާ 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ރ. އަނގޮޅިތީމުގައި އަޅާ 300 މީހުންގެ ޖަގައިގެ މިސްކިތަކާއި ހދ. ނޭކުރެންދޫގައި އަޅާ 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ނ. ޅޮހީގައި އަޅާ 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ލ. މާވަށުގައި އަޅާ 500 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެއްގެ އިތުރުން ށ. ފީވަކުގައި އަޅާ 500 މީހުންނަށް އެއް ފަހަރަ ނަމާދު ކުރެވޭ މިސްކިތް އިމާރާތް ކޮށްދޭނެ ފަރާތައް ބޭނުންވެފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތްތައް ކުރަން ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލާފައިވާކަމަށާއި ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި ޕްރީ ބިޑް ބައްދަލުވުން (ފަހި ބައްދަލުވުން) އޭޕްރީލް ތިން ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.

ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މިސްކިތް އަޅާ ރަށްތައް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު ނޮވެންބަރު މަހުގައެވެ. މިސްކިތް އިމާރާތް ކުރުމަށް ސައުދީ ސަރުކާރުން ވަނީ 27 މިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދީފައިވެއެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް