ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް ކުރިއަށް ގެންގޮސްފި

ލިޔުނީ: Unknown - Wednesday, March 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ނަމުގައި މަޢުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

2013 މާރޗް 14 ވަނަދުވަހު ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ދިޔަ މި ސެޝަންގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދީފައިވަނީ ރޫޓިންގ އެކްޓިވިޓީ ތިއަރީ އާއި ވާރކް އެތިކްސް އާއި ބެހޭގޮތުންނެވެ. އެގޮތުން ފުލުހުން ޕެޓްރޯލްކުރަމުން ދާގޮތާއި ބެހޭގޮތުންނާއި ހުށަހެޅެމުންދާ މައްސަލަތަކުގައި ޕެޓްރޯލިންގެ ސަބަބުން ލިބިފައިވާ ކާމިޔާބީތަކާއި ކުށްމަދު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން ފުލުހުންނަށް ވަނީ މަޢުލޫމާތުދީފައެވެ.
މި ސެޝަންގައި މަޢުލޫމާތުދީފައިވަނީ ޕޮލިސް ކޯޕްރަލް މުޙައްމަދު އަނިލް އަދި ލ.މާންދޫ ހޮރައިޒަން ފިޝަރީސްގެ އެސިސްޓެންޓް މެނޭޖަރ އަލްފާޟިލް އިބްރާހީމް ޝަހީމެވެ.
މި ސެޝަންގައި ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ޕޮލިސް ސްޓާފް ސާޖަންޓް ޙަސަން މައުސޫމް ގެ އިތުރުން ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ވަނީ ބައިވެރިވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް