ފަހުގެ ޚަބަރު


އިތުރަށް...

ކުނަހަންދޫ ބަނދަރުން އާދަޔާޚިލާފަށް ގިނަ ޢަދަދަކަށް މެކުނު ބާނައިފި

ލިޔުނީ: Unknown - Friday, March 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކުނަހަންދޫ ބަޔަކު މެކުނު ބާނަނީ - ފޮޓޯ އަދި ޚަބަރު: އިސްދޫ ލައިވް
ވޭތުވެދިޔަ ދެތިން ދުވަސް ތެރޭގައި ލ.ކުނަހަންދޫ ބަނދަރުން އާދަޔާޚިލާފަށް ގިނަ ޢަދަދަކަށް މެކުނު ބާނައިފި އެވެ.
ލ. ކުނަހަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީގެ ފަރާތުން މިމަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި އެރަށު ބަނދަރު ހެދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް
ވުމުގެ ގޮތުން، ބަނދަރުގައި ކުރިން ކޮނެފައިވާ ޞަރަޙައްދަށް އޮއިދެމޭގޮތަށް ކޮނެފައިވާ ކޯރު ބަންދުކޮށްލުމާއި ގުޅިގެން ވަރަށް ގިނަ ޢަދަދެއްގެ މެކުނުތަކެއް ބަނދަރު ތެރޭގައި ވަނީ ތާށިވެފައި ވާކަމަށް އެރަށުން ބުނެއެވެ.  އަދި އެރަށުގެ ރައްޔިތުން ކޮންމެ ދުވަހަކު ނިކުމެ މަސްބާނަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

ބަނދަރުން މެކުނު ބޭނުމުގައި  އިސްކޮށް ޙަރަކާތްތެރިވި އެރަށުމީހަކު ބުނީ" މިއީ އެމީހުންގެ ޙަޔާތުގައި އައި މަސްބޭނުމުގެ ބޮޑު ޢީދެއްކަމަށާއި، މިކަމުގައި ހުރިހާ ޢުމުރެއްގެ ދެޖިންސުގެ މީހުން ބައިވެރިވަމުންދާތީ ރަށުތެރެއިން ފެންނަނީ ވަރަށްވެސް އުފާވެރި މަންޒަރެއްކަމަށެވެ." އަދި މަޢުލޫމާތުދިން އެހެން މީހަކު ބުނީ" މިއީ ވަރަށް މަޖާ ކަމެއްކަމަށާއި، މިއީ ދާއިމީ ކަމަކަށް ނުވާތީ މިދެދުވަސް މިހޭދަވަނީ މިކަމުގައި ކަމަށެވެ." އޭނާ ބުނިގޮތުގައި އޭނާ އެކަނިވެސް މި ދެދުވަހުން 70 އަށްވުރެ ގިނަ މެކުނު ބާނާފައި ވާނެކަމަށެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލް މެންބަރ އަޙްމަދު ޙާފިޡު ވިދާޅުވީ މިދެދުވަހުން ގާތްގަނޑަކަށް 900 އެއްހާ މަސް ރަށަށް ބާނާފައި ވާނެކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް