ފަހުގެ ޚަބަރު


އިތުރަށް...

މީހެއްގެ ބޮލުގައި ތޫނު އެއްޗަކުން ޖަހައި ބޯ ފަޅާލައިފި

ލިޔުނީ: Unknown - Wednesday, March 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮތް މީހެއްގެ ބޮލުގައި ތޫނު އެއްޗަކުން ޖަހައި ބޯ ފަޅާލައިފިއެވެ.
މިހާދިސާގައި އޭނާގެ ބޮލަށްވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށާ މިހާރު އޭނާ ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ.

ޒަޚަމްކޮށްލި 54 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަ ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަދިވެސް ހޭނަރާ ކަމަށެވެ. އެމީހާގެ ބޮލުން އަދިވެސް ލޭމަނާ ނުވާކަމަށާ ފަހަރަަކަށްވުރެ ފަހަރެއް ހާލު ދެރަވަމުން ދާކަމަށްވެސް އެހޮސްޕިޓަލުން ބުނެފައި ވެއެވެ.

މިހާދިސާ ހިނގާފައިވަނީ ގަމު ތުނޑީ އަވަށުގައި ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

54 އަހަރުގެ މީހާގެ ބޮލުގެ ކަނާތްފަރާތުގައި އެއްޗަކުން ވަރަށް ބާރަށް ޖެހުމުގެ ސަބަބުން ބޮލުގެ ނާށި ގަނޑުން ހަތަރު ތަނެއް ފަޅައިގެން ގޮސް ރެނދުލާފައިވާ ކަމަށާ އަދި ކަންފަތާ ނޭފަތުން ލޭ ފައިބާއިރު ބްލަޑް ޕްރެޝަރު (ބީޕީ) ހުރީ ވަރަށް ދަށުގައި ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އަބުދުއް ސަމަދު މިއަދު ވިދާޅުވިއެވެ.

އޭނާގެ ހާލު ފަހަރަކަށްވުރެ ފަހަރެއް ދެރަވަމުންދާތީ ވީހާ އަވަހަކަށް މާލެ ފޮނުވާލެވޭތޯ ބަލަމުންދާކަމަށާ އެންމެ އަވަހަށް ވެސް އެމީހާ ފޮނުވާލެވެން އޮތީ މިއަދު ހަވީރު ކަމަށް ސަމަދު ވިދާޅުވިއެވެ.

ސަމަދު ވިދާޅުވެފައިވަނީ ރޭ ދަންވަރު ވެސް އޭނާގެ ހާލު ސީރިއަސްކަމުން މާލެ ފޮނުވާލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އައިލެންޑް އޭވިއޭޝަނުން ޖާގަ ހަމަޖެހުނީ މިއަދުގެ ހަވީރަށް ކަމަށެވެ.

ފުލުހުން ބުނެފައި ވާގޮތުގައި ރޭގެ 12:00 ގައި ހިގި މިހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ އެކަން މިހާރު ތަހުގީގު ކުރަމުންދާކަމުގައެވެ.

މިހާދިސާ ހިގަން ސަބަބަކަށް މެދުވެރިވެފައިވަނީ ކޮންމެވެސް އަންހެނެއްގެ މައްސަލަކަމަށް ގަމުން ވާހަކަ ދެއްކި މީހަކު ބުނެފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް