ފަހުގެ ޚަބަރު


އިތުރަށް...

ލ.އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި “ބޮޑެ ބޯޅަޔާ ކަޕް 2013″ ގެ ނަމުގައި ބޭއްވި ފުޓްބޯޅަ މުބާރާތް ނިމިއްޖެ

ލިޔުނީ: Unknown - Wednesday, March 13, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ.އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި “ބޮޑެ ބޯޅަޔާ ކަޕް 2013″ ގެ ނަމުގައި މިމަހު 07 ވަނަ ދުވަހު ފެށި ފުޓްބޯޅަ މުބާރާތް ނިމިއްޖެއެވެ.

2013 މާޗް 11 ވަނަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗްގައި އެފް.ސީ ދަންޑެހެލު އާއި ކުޅިސަމާ ސްޕޯރޓްސް ބައްދަލުކުރި މެޗް ނިމުނީ 03 – 03 ދެޓީމު އެއްވަރު ވެގެންނެވެ. މެޗްގައި އެފް.ސީ ދަންޑެހެލު އަށް ގޯލްތައް ކާމިޔާބު ކޮށްދީފައިވަނީ ޕޮލިސް ލ.ކޯޕްރަލް ފައިޞަލް ޖަޢުފަރު އާއި ޕޮލިސް ލ.ކޯޕްރަލް ޢަލީ މުޞްޠަފާ އެވެ. ޕޮލިސް ލ.ކޯޕްރަލް ޢަލީ މުޞްޠަފާ ވަނީ މިމެޗްގައި ދެގޯލް ޖަހާފައެވެ. އަދި ކުޅިސަމާ ސްޕޯރޓްސް އަށް ގޯލްތައް ކާމިޔާބު ކޮށްދީފައިވަނީ ޕޮލިސް ސްޓާފް ސަރޖަންޓް ޙަސަން މަޢުޞޫމް އާއި ޕޮލިސް ކޯޕްރަލް ނާޡިމް މުޙައްމަދު އާއި ޕޮލިސް ލ.ކޯޕްރަލް ސަޢުދު އަޙްމަދު އެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރުވެފައި އޮތުމުން ޕެނަލްޓި ޖަހައިގެން 9 – 8 ލަނޑުން ކުޅިސަމާ ސްޕޯޓްސް ވަނީ މެޗް ކާމިޔާބްކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފާއެވެ.

މެޗް ނިމުމުން މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލްކޮށްފައެވެ. ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލު ކޮށްދެއްވީ ސެންޓްރަލް ޕޮލިސް ޑިވޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ޢަބްދުﷲ ނިޡާމް އާއި ލ.އެޓޯލް ކޮމާންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަދުނާން ޢަލީ އެވެ. މިމުބާރާތުގެ މޮޅުކުޅުންތެރިޔަކަށް ޕޮލިސް ލ.ކޯޕްރަލް ސަޢުދު އަޙްމަދު ހޮވިފައިވާއިރު އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޕޮލިސް ލ.ކޯޕްރަލް ޢަލީ މުޞްޠަފާއެވެ. އެންމެ މޮޅު ގޯލް ކީޕަރަށް ޕޮލިސް ލ.ކޯޕްރަލް ޢަބްދުލްޣައްފާރު ހޮވުނުއިރު، ޕޮލިސް ކޯޕްރަލް އިބްރާހީމް ޙުސައިން ވަނީ މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ޓީމް އޮރިޖިނަލް އެވެ.

ސައުތު ކުރިއަށް އޮތްތަނުގައިވެސް މިފަދަ ޙަރަކާތްތައް ބޭއްވުމަށް ރާވަމުންދާކަމަށް ލ.ގަން ޕޮލިސް ސްޓޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް