ފަހުގެ ޚަބަރު


އިތުރަށް...

ނިދާފައި އޮއްވާ ބޯ ފަޅާލުމުން ސީރިއަސް ހާލަތުގައި އޮތް މީހާ މަރުވެއްޖެ

ލިޔުނީ: Unknown - Thursday, March 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އަތޮޅުގައި ހިންގި މާރާމާރީއެއްގައި މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި-- އެލް.އޭ ނިއުސްފޮޓޯ
ލ. ގަމުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮއްވާ ބޮލުގައި ތޫނު އެއްޗަކުން ޖަހައި ބޯ ފަޅާލުމުން ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިރޭ މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިރޭ ވިދާޅުވީ ސީރިއަސް ޒަހަމްތަކެއް ލިބިގެން ގަމުން ގެނައި 51 މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މަރުވެފައި ވަނީ މިރޭ 11:25 އެހާކަންހާއިރު ކަމަށެވެ.

ނިޔާވި މީހާ ގޮވައިގެން މާލެގޮސް ހުރި މީހަކު އެލް.އޭ ނިއުސް އަށް މިރޭ 11:06 ހާއިރު މަޢުލޫމާތު ދެމުންވެސް އޭނާގެ ޙާލު ވަރަށް ސީރިޔަސް ކަމަށް ބުންޏެވެ. އަދި މާދަން ހެނދުނު ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާފައި ވާކަމަށްވެސް އޭނާ ބުންޏެވެ.

ގަމު ތުނޑީ އަވަށުގައި ރޭ ދަންވަރު ހިނގި އެ ހާދިސާގައި އެ މީހާގެ ބޮލުގެ ކަނާތްފަރާތުގެ ނާށި ގަނޑުން ހަތަރު ތަނެއް ފަޅައިގެން ގޮސް ރެނދުލާފައިވެ އެވެ. އަދި އޭނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ގެންދިޔައިރު ވެސް ކަންފަތާ ނޭފަތުން ލޭ ފޭބިއިރު، ބްލަޑް ޕްރެޝަރު (ބީޕީ) ވެސް ހުރީ ވަރަށް ދަށުގައި ކަމަށް އެ ހޮސްޕިޓަލުން ބުންނެފައިވެ އެވެ.

މާލެ ގެނައިރު ވެސް ހޭނެތިފައި އޮތް އެ މީހާ ނޭވަލަމުން ގެންދިޔައީ ވެސް ވެންޓިލޭޓާގެ އެހީގަ އެވެ.

ފުލުހުން ބުނީ ގަމުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ތިން މީހަކު އެ ރަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް