ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ފުލުހުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ލިޔުނީ: Unknown - Thursday, March 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަން ޕޮލިސް ސްޓޭޝަނާއި ލ. ފޮނަދޫ ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރު ގުޅިގެން ލ. މާވަށު ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި މާރޗް މަހު 08 ވަނަ ދުވަހުގެ ރޭ ލ. މާވަށު ސްކޫލްގައި ބެލެނިވެރިންނަށާއި ދަރިވަރުންނަށް ވަކިވަކިން ބޭއްވި މި ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ދަރިވަރުންގެ ފަރާތުން އާއްމުކޮށް ފެންނަމުންދާ އަޚްލާޤީ މައްސަލަތަކާއި ކުޑަކުދިން ކުރާ ތަފާތު ކުށްތަކާއި ބެހޭ ގޮތުންނެވެ. ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވަނީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރާނެ ގޮތަތަކާއި ދަރިންނަށް ރިވެތި ނަމޫނާ ދެއްކުމުގެ މުހިންމު ކަމާއި ބެހޭ ގޮތުންނެވެ.

ލ. މާވަށު ސްކޫލްގެ ބެލެނިވެރިންނަށާއި ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި މި ސެޝަނުގައި މާވަށުގެ ސްކޫލާއި އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުން ލިބިފައިވާކަމަށް ލ. ގަން ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރު ޕޮރޮގްރާމްތައް ކުރިއަތް އޮތްތަނުގައި ލ. އަތޮޅުގެ އެކި ރަށްތަކުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް