ފަހުގެ ޚަބަރު


އިތުރަށް...

ދިވެހި ދައުލަތުން ފޮނަދުއަށް ދެއްވި 510 ކިލޯވޮޓްގެ ޖަނަރޭޓަރު ކަރަންޓް ވިއުގައާއި ގުޅާލައިފި

ލިޔުނީ: Unknown - Thursday, March 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހައްލު ނުކުރެވި އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ ފޮނަދޫ ކަރަންޓްގެ މައްސަލަ ހައްލުކޮށްދެއްވުމަށް ދިވެހި ދައުލަތުން ފޮނަދުއަށް ދެއްވި 510 ކިލޯވޮޓްގެ ޖަނަރޭޓަރު ކަރަންޓް ވިއުގައާއި މިއަދު ހަވީރު ގުޅާލައިފި އެވެ.

ފޮނަދޫ އިންޖީނުގެއިން މި މަސައްކަތް ކޮށްފައިވަނީ މިއަދު ހަވިރު 04:00 އިން 06:00 އަށް މުޅި ރަށުން ކަރަންޓް ކަނޑާލުމަށްފަހުގައެވެ. ކަރަންޓް ކަނޑާލާނެކަން ޢާއްމުކޮށް އިޢުލަނުކޮށް މިއަދު ކަރަންޓް ކަނޑާލުމަށްފަހު އަލަށް ގެނައި 510 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ޕެނަލް ބޯޑާއި މިހާރު ބޭނުން ކުރަމުން އަންނަ ޕެނަލް ބޯޑާއި ގުޅާލައި މިހާރު ނިމިފައި ވާކަމަށް ފޮނަދޫ އިންޖީނުގެއިން މަޢުލޫމާތު ދެއެވެ.

އަލަށް ގެނައި "ކަމިންސް' ބްރޭންޑްގެ 510 ކިލޯވޮޓްގެ އިންޖީނު ޕެނަލް ބޯޑާއި މިއަދު ގުޅާލިނަމަވެސް އެ އިންޖީނު ހިންގާނީ އިންޖީނު އުފެއްދި ކުންފުނިން އަން ބައެއް ކަމަށް އިންޖީނުގެއިން މަޢުލޫމާތު ދެއެވެ. އަދި މި ޖަނަރޭޓަރުން ޚިދުމަތް ދޭން ފެށުމުން މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނެ ކަމަށް އުއްމިދު ކުރާކަމަށްވެސް އެތަނުން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް