ފަހުގެ ޚަބަރު


އިތުރަށް...

ލ.ގަން ޕޮލިސް ސްޓޭޝަން އާއި މާރސް އާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި

ލިޔުނީ: Unknown - Monday, March 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މާރސް އެފްބީ ޕޭޖް
ލ.ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން މާހިންނަ އެކްރީޝަން އެންޑް ރެކްރިއޭޝަން ސޮސައިޓީ (މާސް) އާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

2013 މާރޗް 14 ވަނަ ދުވަހު ގަން ޕޮލިސް ސްޓޭޝަންގައި ބޭއްވުނު މިބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕްރޮޓެކްޝަން ފޯ ގްރައުންޑް ވޯޓަރ އެންޑް ގްރީނިންގ އޮފް ލ.ގަން” ޕްރޮގްރާމް އާއި ގުޅޭގޮތުންނެވެ.

”ޕްރޮޓެކްޝަން ފޯ ގްރައުންޑް ވޯޓާރ އެންޑް ގްރީނިންގް އޮފް ލ.ގަން” ޕްރޮގްރާމަކީ ކުނީގެ ސަބަބުން ލ.ގަމުގެ ފެން ތަޤައްޔަރުވުން ކުޑަކުރުމަށާއި، ރަށް އިތުރަށް ފެހިކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕޮރޮގްރާމްގައި މުޖުތަމަޢު ހޭލުންތެރިކުރުމާއި، ކުނިނައްތާލުމާއި، ކުނި މެނޭޖްކުރުމާއި، ގަސްއިންދުން ކުރިއަށް ގެންދިއުމަށް ރާވާފައި ވެއެވެ. މިގޮތުން ލ.ގަމުގެ ގޮނޑުދޮށުން ފަންސާސްހާސް އަކަމީޓަރަށްވުރެ ބޮޑުބައެއް ސާފުކޮށް ބަލަހައްޓައި، ރަށުތެރޭގައި ކުނިއަޅާފައިހުރި ސަރަހައްދުން ފަނަރަހާސް އަކަމީޓަރު ސާފުކޮށް ބަލަހައްޓައި، ބަނދަރުސާފުކޮށް، ލ.ގަން އަލަށް އާބާދުވާ ސަރަޙައްދުގައި 200 އަށްވުރެ ގިނަ ހިޔާލިބޭޒާތުގެ ގަސްއިންދައި، 300 އަށްވުރެ ގިނަ މޭވާލިބޭ ގަސް އިންދުމަށް ރާވާފައި ވެއެވެ.
މި ބައްދަލުވުމުގައި މާސް ޖަމިއްޔާގެ ރައީސް ޢަލީ ނަޝީދު އާއި އެޖަމްޢިއްޔާގެ އިސްފަރާތްތަކާއި ލ.އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަދުނާން ޢަލީގެ އިތުރުން ލ.ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖް ޕޮލިސް ސާޖަންޓް އަޙްމަދު ޤުރައިޝީ ބައިވެރިވިއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް