ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ "ދޭތިން ފަހެތި" ކެމްޕެއިންގެ ދަށުން ގަމާއި ފޮނަދޫގައި އިއްޔެ އާއި ރޭ ޙަރަކާތްތަކެއް ބާއްވައިފި

ލިޔުނީ: Unknown - Friday, March 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ލ. އަތޮޅަށް ޒިޔާރަތްކޮށްގެން އުޅޭ ޓީމުން ގަމާއި ފޮނަދޫގައި އިއްޔެ އާއި ރޭ ޙަރަކާތްތަކެއް ބާއްވައިފި އެވެ.

އިއްޔެ ހެނދުނު ވައިގެމަގުން ލ. އަތޮޅަށް އައި ވަފުދާއި މެންދުރުފަހު އައި ވަފުދުގެ ބޭފުޅުން އިއްޔެ ހަވީރު ލ. ގަމު ތުނޑީ އަވަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި ޙަރަކާތެއް ހިންގާފައިވެ އެވެ.

އެގޮތުން އިއްޔެ ހަވީރު ވަނީ ފޮނަދޫ ދާއިރާ އާއި ގަމު ދާއިރާގެ ހިންގާ ކޮމެޓީ މެންބަރުންނާއި ގޮފިތަކުގެ މެންބަރުންނާއި އަދި އެމްޑީޕީ އިސް އެކްޓިވިސްޓުންނާއި އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި ގަމުގެ ބައެއް ސަރަޙައްދު ތަކުގައި ދޮރުން ދޮރަށް ހިނގާފައިވެއެވެ. މީގެ އިތުރުން ރޭ 9 ޖެހިއިރު ގަމު ތުނޑީ ހަރުގޭގައާއި ފޮނަދޫ ހަރުގޭގައި ޖަލްސާ ބާއްވާފައިވެ އެވެ.

ގަމު ޖަލްސާގައި މާރިޔާ އާއި އެމްޑީޕީ އަންހެނުންގެ ގޮފީގެ ރައީސާ ޝިޔާމާ އާއި އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރ ޙަސަން އަފީފް ވާހަކަފުޅު ދެއްކެވިއެވެ.

ފޮނަދޫ ޖަލްސާގައި ވާހަކަފުޅު ދެއްކެވީ އެމްޑީޕީ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ ޒުހައިރު އާއި މަޖިލިސް މެންބަރު އަދި އެމްޑީޕީ އިންޓަނޭޝަނަލް ސްޕޯކްސް ޕާރސަން ޙާމިދު ޢަބްދުލް ޣަފޫރު އާއި ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އެވެ.

ލ. އަތޮޅު ގަން، ފޮނަދޫ، ހިތަދޫ މާވަށް އަދި އިސްދޫ ގައި ޙަރަކާތްތަކެއް ހިންގުމަށް ނިންމާފައި ވާކަމަށް ލ. އަތޮޅު "ދޭތިން ފަހެތި" ކެމްޕެއިންގެ ކޯޑިނަޓަރ ހާމިދް އަބްދުލް ޣަފޫރް މަޢުލޫމާތުދެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް