ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ މެޖިސްޓްރޭޓް ކޯޓާއި ލ. ޖުޑިޝަލް ދާއިރާއަށް މެޖިސްޓްރޭޓުން ހަމަޖައްސައިފި

ލިޔުނީ: Unknown - Monday, March 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ބަޔަކު ހާޒިރު ކުރަނީ - ފޮޓޯ: އެލްއޭ ނިއުސް ފައިލް
ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ތިއްބެވި ދެ މެޖިސްޓްރޭޓުންގެ ތެރެއިން ލ.ފޮނަދޫ ފިނިހިޔާގެ ޢަބްދުއްލަތީފް ޢަލީ ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަޤާމަށް ހަމަޖެއްސުމަށާއި  ލ.ގާދޫ ހިތިގަސްދޮށުގެ އަޙްމަދު ފަހީމް ލ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓްކަމަށް 14 މާޗް 2013 އިން ފެށިގެން ހަމަޖެއްސުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ކޯޓު ތަކުގެ ޤާނޫނުގެ ދަށުން، މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުންގެ އަދަދު ކަނޑައެޅުމުގެ އުސޫލުގައި “އޮނިގަނޑު އެކުލަވާލުމުގައި އިސްތިސްނާ ޙާލަތެއްގެ ގޮތުގައި ބަލާނެ ޙާލަތްތަކުގެ ތެރޭގައި އާބާދީގައި 500 ހަމަވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި، ކޯޓުތަކުގެ ޤާނޫނު އައިއިރު ތިއްބެވި މެޖިސްޓްރޭޓުންގެ އަދަދު މި އުސޫލުގެ ދަށުން އުފެދޭ މެޖިސްޓްރޭޓުންގެ މަޤާމުގެ އަދަދަށްވުރެ ގިނަނަމަ، އެކޯޓެއްގެ ދާއިމީ މެޖިސްޓްރޭޓަކު ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް ބުނެފައިވުމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް