ފަހުގެ ޚަބަރު


އިތުރަށް...

ޔާމީންގެ "ޔަޤީން ޓީމުގެ" ޖަލްސާއެއް މިރޭ ފޮނަދޫގައި ބާއްވަނީ

ލިޔުނީ: Unknown - Monday, March 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މައުމޫންގެ ބޭފުޅުން ޔާމީން ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުން - އެމްވީޔޫތު ފޮޓޯ
ޕީޕީއެމްގެ ވާދަވެރި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިން ޖަލްސާއެއް މިރޭ ފޮނަދޫގައި ބޭއްވުމަށް ނިންމާފައި ވާކަމުގެ މަޢުލޫމާތު ލިބިއްޖެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ޔާމިނާއި ވާދަކުރައްވާ އުމަރު ނަސީރާއި ދެބޭފުޅުންގެ ބަހުގެ ހަމަލާތައް ގިނަވެފައިވާ މި ދަނޑިވަޅުގައި ޔާމިނަށް ބޮޑު ތާއިދެއް އޮންނަ ކަމަށް ބެލެވޭ ލ. ފޮނަދޫގައި މިރޭ ޖަލްސާއެއް އޮންނަ ކަމަށް އިއްޔެ ހަވީރުވަނީ ރަށުތެރޭގައި އަޑުގަދަކުރާ އިން ގޮވާފައެވެ.

ޔާމިންގެ ކެމްޕެއިން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފޮނަދޫ މެދުއަވަށު އިޖްތިމާޢީ މަރުކަޒުގައި ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އިންތިޚާބްގައި ވަކި ކޮޅަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް މަޢުމޫނު ޢަބްދުލް ޤައްޔޫމު ވިދާޅުވަމުންދާއިރު ރޭ ފެނިގެން ދިޔައީ މަޢުމޫނުގެ ހުރިހައި ބޭފުޅުން ޔާމިންގެ ކެމްޕެއިން ޖަލްސާގައި ޔާމިނާއި އަތުގުޅާލައިގެން ތިއްބަވަނިކޮށެވެ. ރޭ ފެނިގެންދިޔަ ފެނިލުމުގެ ކުރިން ފެންނަ މަންޒަރުތަކުން ދޭހަވަމުން ދިޔައީ މަޢުމޫނު ސިއްރިޔާތުގައި ނަމަވެސް ބައެޢަތު ހިއްޕަވާފައިވަނީ އުމަރު ނަސީރާއި ކަމަށެވެ.

ނަމަވެސް ރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޣިޔާސުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ހަފުލާގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނާއި ޣައްސާން މައުމޫނުގެ އިތުރުން ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ލ. އަތޮޅުގައި ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންނަށް ތާއިދު އޮތްގޮތެއް ކަނޑައެޅިގެން ބުނަން ނޭނގުނަސް ޝޯސަލް މީޑިއާތަކާއި ބައެއް އޮންލައިން ޕޯލްތަކުން ދައްކާގޮތުން ބޮޑު ތާއިދެއް އޮތީ އުމަރު ނަސީރަށް ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް