ފަހުގެ ޚަބަރު


އިތުރަށް...

ޔާމިނަށް ހޫނު މަރުޙަބާއެއް ލ. އަތޮޅުން ކިޔައިފި

ލިޔުނީ: Unknown - Monday, March 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޔާމިން އަށް މަރުޙަބާ ކިޔުމަށް ޕީޕީއެމްގެ މެންބަރުން ކައްދޫގައި - ފޮޓޯ: އެފްބީ
ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ ޔާމިން ޢަބްދުލް ޤައްޔޫމަށް މިއަދު ހެނދުނު ކައްދޫ ވައިގެ ބަނދަރުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ޔާމީންގެ އިސްތިޤްބާލުގައި ފޮނަދުއާއި ގަމުން ގިނަ ޢަދަދެއްގެ ބަޔަކު އެއަރޕޯޓަށް ދިޔަކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން ޒުވާނުން ހުދުކުލައިގެ ގަންޖުފަރާސް ތަކެއްގައި "އަހަންނަކީ ޔާމީން" ޖަހައިގެން ގޮސް ތިބިތަން ފެނިފައިވެއެވެ. މީގެ އިތުރުން އަންހެން ސަޕޯޓަރުންވެސް އެތަނަށް ގޮސް ޔާމިނަށް މަރުޙަބާ ކިޔާފައި ވެއެވެ.
ޔާމިން އަށް މަރުޙަބާ ކިޔުމަށް ޕީޕީއެމްގެ މެންބަރުން ކައްދޫގައި - ފޮޓޯ: އެފްބީ
ޔާމީންގެ އިސްތިޤްބާލުގައިބައެއް ސްކޫލް ކުދިންވެސް ޕީޕީއެމް މެންބަރުންގެ ގޮތުގައި ގޮސް ތިބިކަމަށް އެތަނަށް ދިޔަ ބައެއް ފަރާތްތަކުން މަޢުލޫމާތު ދިނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް