ފަހުގެ ޚަބަރު


އިތުރަށް...

ނުވަ ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް ބީލަމަށް ހުޅުވާލައިފި

ލިޔުނީ: Unknown - Monday, March 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހިންނަވަރުގައި އަޅާފައިވާ ޒަމާނީ މިސްކިތެއް
ރާއްޖޭގެ ނުވަ ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހުޅުވާލައިފި އެވެ.އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތީން މިސްކިތް އިމާރާތް ކުރާން ފިނޭންސް މިނިސްޓްރީން ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލި ނުވަ ރަށުގެ ތެރޭގައި ހިމެނެނީ ށ.ފީވަކާއި، ލ.މާވަށާއި، ހދ.ނޭކުރެންދުއާއި، ރ.އަނގޮޅިތީމާއި، ރ.އިންނަމާދުއާއި، ނ.މާޅެންދުއާއި ނ.ޅޮހީ ގެ އިތުރުން ތ.ގާދިއްފުށްޓާއި، ލ.ކުނަހަންދޫ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިފަހަރު މިސްކިތް އިމާރާތް ކުރާ ނުވަ ރަށުގެ ތެރެއިން ތ.ގާދިއްފުށްޓާއި، ލ.ކުނަހަންދޫ ގައި އިމާރާތް ކުރާ ދެ މިސްކިތަކީ އިސްލާމިކް އެފެއާޒްގެ މިސްކިތް ފަންޑުން ޚަރަދު ކޮށްގެން އިމާރާތް ކުރާ ދެ މިސްކިތް ކަމަށާއި، އަނެއް ހަތް ރަށުގައި އިމާރާތްކުރާ ހަތް މިސްކިތަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ މިސްކިތްތަކެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު "ސަން" އަށް މީގެ ކުރިން ވިދާޅުވެފައިވަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޖުމްލަ 15 ރަށެއްގައި މިސްކިތް އިމާރާތް ކުރާން ހަމަޖެހިފައިވާ ކަމަށާއި އެ މިސްކިތްތައް އިމާރާތް ކުރުމަށް ބޭނުންވާނެ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރު 10 ރަށެއްގައި ސަރުކާރުގެ "ޚާލިސް" ބަޖެޓުން ވެސް މިސްކިތް އިމާރާތް ކުރާން ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގައި މިސްކިތް ބިނާ ކުރުމަށް ސައޫދީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވާ 27 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި މި ދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ސައުދީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ ސޮއި ކޮށްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް