ފަހުގެ ޚަބަރު


އިތުރަށް...

ޔާމީންގެ ޔަޤީން ޓީމުން ފޮނަދޫގައި ޖަލްސާއެއް ބާއްވައިފި

ލިޔުނީ: Unknown - Monday, March 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޔާމީން އަށް މަރުޙަބާ ކިޔުމަށް މިއަދު ކައްދުއަށް ދިޔަ ޒުވާނުން - ފޮޓޯ: އެފްބީ
ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޢަބްދުﷲ ޔާމިންގެ ޔަޤީން ޓީމުން ފޮނަދޫގައި ކެމްޕޭން ޖަލްސާއެއް މިރޭ ބާއްވައިފި އެވެ.
ޕީޕީއެމްއަށް ބޮޑު ތާއިދެއް އޮންނަ ފޮނަދޫން ޖަލްސާއަށް ގޮސްފައިވަނީ ވަރަށް މަދު ބައެއް ކަމަށް އެތަނަށް ދިޔަ މީހަކު އެލްއޭ ނިއުސްއަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ. އަދި ފޮނަދޫ ދާއިރާ މެންބަރު ޢަބްދުއް ރަހީމްގެ ޢާއިލާގެ ވަރަށް ގިނަ މީހުން ޖަލްސާއަށް ނުދާކަން އެލްއޭ ނިއުސް އަށް އެނގިފައި ވެއެވެ. އެގޮތުން ޢަބްދުއް ރަޙީމްގެ ނިބޫ ކޮއްކޮ ޢަބްދުލް ކަރީމް މެދުއަވަށު ފިހާރައެއްގެ ތެރޭގައި އިންތަން ފެނިގެން ޖަލްސާއަށް ނުދަންހޭ ސުވާލުކޮށްލުމުން ވަރަށް އާދަޔާ ޚިލާފް ޖަވާބެއް ދެމުން ބުނީ ޖަލްސާއަށް ދާން ބޭނުން ނުވާކަމަށެވެ.

ފޮނަދޫ އިޖްތިމާޢީ މަރުކަޒު ހޯލުގައި މިރޭ ބޭއްވި ޖަލްސާއަށް މި ސަރަޙައްދުގައި ބާއްވާ ޕީޕީއެމްގެ ޖަލްސާތަކާއި ޚިލާފަށް ގޮސްފައިވަނީ މަދުބައެއް ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ހޯލުގެ ދެބައިކުޅަ އެއްބަޔަށް ތަން ފުރާފައިވަނީ ގަމާއި މާމެންދޫން ގެނައި މެންބަރުން ހިމަނައިގެން ދުރުދުރުގައި ގޮނޑި ޖަހައިގެން ކަމަށް އެތަނަށް ދިޔަ މީހަކު މަޢުލޫމާތު ދެމުން ބުންޏެވެ.

ޖަލްސާ ކަވަރު ކުރުމަށް އެސަރަޙައްދަށް ދިޔުމުން އެކަމަށް ތަރުޙީބު ނުދޭ ފަދަ ގޮތަކަށް އެތާ ތިބި ބަޔަކު ވާހަކަ ދެއްކުމުން ޖަލްސާގައި ދެއްކި ވާހަކައެއް އަޑުއިވޭގޮތް ވަނީ ނުވެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް