ފަހުގެ ޚަބަރު


އިތުރަށް...

ބަރާސިލް އެކުވެރި ރައްޔިތުންގެ ކޯޕަރޭޓިވް ސޮސައިޓީގެ އިންތިޚާބް ބާއްވައިފި

ލިޔުނީ: Unknown - Tuesday, March 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ބަރާސިލް ކޯޕަރޭޓިިވް ސޮސައިޓީން މިހާތަނަށް ހިންގި އެންމެ ބޮޑު ޕްރޮޖެކްޓްގެ ތެރެއިން
ބަރާސިލް އެކުވެރި ރައްޔިތުންގެ ކޯޕަރޭޓީވް ސޮސައިޓީ (ބައްރު) ގެ މި ދައުރުގެ އިންތިޚާބް މިމަހު 23 ވަނަ ދުވަހުގެރޭ ބާއްވައިފި އެވެ.
ބައްރުގެ މި ދައުރުގެ ޗެއަރމަން އަކަށް ހޮވިފައިވަނީ ލ. ފޮނަދޫ ކީރަންގޭ (ހުދުވިލާގެ) ފައުޒީ ޙުސައިން އެވެ. ވައިސް ޗެއަރމަން އަކަށް ހޮވިފައިވަނީ ލ. ފޮނަދޫ ގަނދަކޯޅިމާގެ (ހުދުވިލާގެ) ޔޫސުފު މޫސާއެވެ.

ބައްރުގެ އެހެނިހެން މަޤާމުތަކަށްވެސް އިއްޔެރޭ ބޭއްވި އިންތިޚާބްގައި މެންބަރުން އައްޔަން ކޮށްފައި ވެއެވެ.

މި އިންތިޚާބްގައި އެއްވެސް މަޤާމަކަށް ދެ މެންބަރުން ކުރިމަތިލާފައި ނުވާތީ ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށް ކޯޕަރޭޓިވް ސޮސައިޓީން މަޢުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް