ފަހުގެ ޚަބަރު


އިތުރަށް...

ދިވެހި ރައްޔިތުންގެ ވަޠަނީ ޕާޓީގެ ނަމުގައި ލ. އަތޮޅުން ސިޔާސީ ޕާޓީއެއް އުފަންވަނީ

ލިޔުނީ: Unknown - Saturday, March 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ރައްޔިތުންގެ ވަޠަނީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ވަރަށް އިތުބާރު ހުރި ގޮތަކަށް ލިބިއްޖެ އެވެ.
މި މަސައްކަތުގައި އިސްވެ އުޅުއްވަނީ ލ. އަތޮޅަށް ނިސްބަތްވާ ނަގާ ކިޔާ ބައެއްކަމާއި، އެ ޕާޓީގެ އަސާސީ ޤަވާޢިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިކަމުގެ އިތުރު ތަފްޞީލް ހޯދާލުމަށް މިކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ގުޅާލުމުން ވިދާޅުވީ މިކަމަކީ ހިނގަމުންދާ ކަމެއް ކަމަށާއި އަދި މިކަމުގެ މަޝްވަރާ ބައްދަލުވުންތައް މިހާރު ބާއްވަމުން އަންނަ ކަމަށެވެ. އަދި މާލޭގައިތިބޭ ސިޔާސީ މީހުން ޖަހާހާ ބެރަށް ނަށާބަޔަކަށް، މި ލ. އަތޮޅުގެ މީހުން ވެގެންދިޔަ ނުދޭނެ ކަމަށާއި އިރާދަކުރެއްވިއްޔާ ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ޢުމަރު ނާކާމިޔާބު ވެއްޖެނަމަ މިޕާޓީ ވުޖޫދަށް އަންނާނެ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

އޭނާ ސިފަކުރައްވާގޮތުން ޕީޕީއެމް ތެރެއިން ބަޔަކު ޕީ.ޕީ.އެމްގެ ހުރިހާ ގުނަވަންތަކެއް ހިޞޯރުކޮށްގެން އެބައުޅެއެވެ.
"އެމީހުން ޕްރައިމަރީ ކާމިޔާބު ކުރުމުން ދެންވާނެ ގޮތްވެސް އެނގިދާނެތާ" އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ތިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިކަމުގައި ޤާނޫނީ ވަކީލުންގެ އިތުރުން މި އަތޮޅުގައި ތިއްބެވި ވަރަށް ޢިލްމީ ބޭފުޅުންވެސް ހިމެނެއެވެ. މިއީ ޕީ.ޕީ.އެމްގެ މެޖޯރިޓީ އޮންނަ ލ. އަތޮޅުގެ މީހުން އިސްވެ ތިބެގެން ކުރިޔަށް ގެންދާ ކަމަކަށްވާތީ މި ރިޔާސީ ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތަކުން މި ޕާޓީ ވުޖޫދަށް އަންނާނެކަމަށް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް މިކަމުގައި އުޅުއްވާ ފަރާތްތަކުންވަނީ އެބޭފުޅުންގެ ނަންތައް އަދި ހާމަ ނުކުރުމަށް އެދިފައެވެ.މި ޕާޓީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން ލ. ގަމުގައި ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ ކަން އެ ރަށު މީހަކު ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް