ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކުން ދިމާވާ ދަތިތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި

ލިޔުނީ: Unknown - Sunday, March 24, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖޭއެސްސީގެ ބޭފުޅުން ލ. ގަމު ޕޮލިހާއި ބައްދަލު ކުރަނީ - ފޮޓޯ: އެމްޕީއެސް
ލ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކުން ދިމާވާ ދަތިތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއެކު ފުލުހުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މާރޗް މަހު 19 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ބައްދަލުވުމުގައި ލ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކުން ކުށުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރަށް ގެނެވޭ މީހުންގެ ބަންދާމެދު ގޮތް ނިންމުމުގައި ދިމާވާ ދަތިތަކާއި ބަލައި ފާސްކުރުމަށާއި ހައްޔަރުކުރުމަށް ބޭނުންވާ ކޯޓް އަމުރު ހޯދުމުގައި ދިމާވާ ދަތިތަކާބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކައި މަޝްވަރާކޮށްފައި ވެއެވެ.

އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން ވަނީ ފުލުހުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އެފަރާތުން މަސައްކަތްކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

މިބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައިވަނީ އެކޮމިޝަންގެ މެންބަރުން ކަމުގައިވާ އަލްއުސްތާޛު އަޙްމަދު ރަޝީދު އާއި އައްޝައިޚް ޝުޢައިބް ޢަބްދުއްރަޙްމާން ގެ އިތުރުން އަލްއުސްތާޛު އަހްމަދު ސަލީމް އެވެ. ފުލުހުންގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނިޡާމް އާއި ލ. އަތޮޅު ކޮމާންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަދުނާން އަލީގެ އިތުރުން ލ. ގަން ޕޮލިސް ސްޓޭޝަންގެ ސްޓޭޝަން އިންޗާޖް ޕޮލިސް ސަރޖަންޓް އަޙްމަދު ޤުރައިސީ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް