ފަހުގެ ޚަބަރު


އިތުރަށް...

ކެބިން ކްރޫން ތަމްރީނު ކުރުމުގެ ކޯސް ބާއްވާ ތާރީޚް ފަސްކޮށްފި

ލިޔުނީ: Unknown - Sunday, March 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފަރާތުން ލ. ގަން-ފޮނަދޫގައި އަންނަ މަހު ބޭއްވުމަށް ނިންމި ކެބިން ކްރޫން ތަމްރީނު ކުރުމުގެ ކޯސް ބާއްވާ ތާރީޚް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައި ވާކަމަށް އެ އެކަޑަމީން ބުނެފިއެވެ.
އެކަޑަމީގެ ފަރާތުން އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެމުން ޙުސައިން ޙަލީމް ވިދާޅުވީ ފަހުގެ ތާރީޚަކަށް ލ. އަތޮޅުގައި ހިންގަން ނިންމި ކޯސް ލަސްކޮށްލަން ޖެހުނީ މި އޭޕްރީލް މަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އާ ކޯސްތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

އަންނަ އޭޕްރީލް މަހު މާލޭގައި ދިވެހި ކެބިން ކްރޫ އެކަޑަމީން ހިންގާނެ ކޯސްތަކަކީ 01 އޭޕްރީގައި ފަށާ އޭވިއޭޝަން ފަސްޓް އެއިޑް ކޯސް، 13 އޭޕްރީލްގައި ފަށާ ކެބިން ކްރޫ އެންޓްރީ ލެވެލް ކޯހާއި 27 އޭޕްރީލްގައި ފަށާ އޭޓީއާރް ޓައިޕް ރޭޓިންގ ޓެރެއިނިންގ ކޯސް ކަމަށް ހަލީމް މަޢުލޫމާތު ދެއްވައެވެ.

ލ. އަތޮޅުގައި މިއަހަރު މަތީ ތަޢުލީމަށާއި ފަންނީ ތަޢުލީމު އުނގެނުމަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެން އަންނަކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިމަހު ލ. ގަމު ތުނޑީގައި މަންދު ކޮލެޖްގެ ކެމްޕަސް އެއް ޤާއިމުކުރެވި ކޯސްތަކެއް ފެށިގެންދާއިރު ހަމަ މިމަސްތެރޭގައި ފޮނަދޫގައި އެވިޑް ޓްރެއިނިންގ ސެންޓަރުގެ ކެމްޕަސް އެއް ޤާއިމުކޮށް ކޯސްތަކެއް ފެށުމަށް ތައްޔަރީތައް ވަމުން އެބަގެންދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް