ފަހުގެ ޚަބަރު


އިތުރަށް...

މަންދު ކޮލެޖްގެ ކެމްޕަސް އަންނަ ބުރާސްފަތި ދުވަހު ގަމުގައި ފައްޓާނެ- އިބްރާ

ލިޔުނީ: Unknown - Sunday, March 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
މަންދު ކޮލެޖްގެ ފުރަތަމަ ކެމްޕަސް ލ. ގަމުގައި އަންނަ ބުރާސްފަތި ދުވަހު ފައްޓާނެ ކަމަށް އެ ކޮލެޖްގެ ޗެއަމަން އިބްރާހިމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އިބްރާހިމް އިސްމާޢީލް އެލްއޭ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރުވެސް ލ. ގަމުގައި ހުންނަ އެ ކޮލެޖްގެ ކެމްޕަހުގެ އޮޕަރޭޝަންސް ފަށާފައި ވާކަމަށެވެ.

ގަމުގައި ތުނޑީ އަވަށުގައި އުފައްދާ މި ކެޕްހަކީ އެކޮލެޖުން އުފައްދާ ފުރަތަމަ ކޭމްޕަސް ކަމަށް ބުނެއެވެ. އަދި ގަމު ކޭމްޕަސް އުފައްދަނީ ގަމު ކައުންސިލާއި ގުޅިގެން އެ ކައުންސިލްގެ އެހީއާއި އެކުގައި ކަމަށްވެސް މަންދު ކޮލެޖުން ބުނެއެވެ. އެގޮތުން ކެމްޕަސް އުފައްދާފައިވަނީ ގަމު ތުނޑީއަވަށުގައި ކުރިން ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެެ.

ކޮލެޖު ކެމްޕަސްއިން ފެށުމަށް ހަޖަހިފައިވާ ކޯސްތައް ފެށުމަށް ތައްޔާރީތައް ވުމަށްޓަކައި މަންދު ކޮލެޖުގެ އިސް ވަފުދެއް މިހާރު ލ. ގަމުގައި ޙަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކޮލެޖުން ބުނެއެވެ. އެގޮތުން ސަރަޙައްދީ ކެމްޕަހުގެ ވިލަރެސްވެރިޔަކަށް މުޙައްމަދު ޖަމްޝީދު ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެއެވެ. އަދި އެތަނުން އުއްމީދުކުރަނީ އޭޕްރީލް 4 ވާ ބުރާސްފަތި ދުވަހު ކެމްޕަހުން ކިޔަވައިދިނުން ފެށުމަށް ކަމަށްވެސް މަޢުލޫމާތު ދެއެވެ.

މަންދު ކޮލެޖުގެ ކައުންސިލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޮލެޖުގެ ޚިދުމަތް މާލެއިން ބޭރުގައި ތިބެގެން ދަރިވަރުންނަށް ލިބިގެންދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި ދަރިވަރުންގެ ކުރިމަގުގައި އިތުރު ފުރުޞަތުތައް ހުޅުވިގެން ދިއުމަށް މަގުފަހިވާނެ މި ފުރުޞަތުގެ ބޭނުންކޮށް ކޯސްތަކުގައި ދަރިވަރުން ބައިވެރިވާނެ ކަމަށް ޔަޤީން ކުރާ ކަމަށް ބުނެފައި ވެއެވެ.

މަންދު ކޮލެޖްގެ ފަރާތުން ހިންގާ ކޯސްތަކާއި، އެކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ދަރިވަރުންނަށް
ލިބޭނެ ގޮތުގެ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި މީހުންނަށް ފޯރުކޮށްދިނުމަށް އެކޮލެޖުން ހިންގާ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ލ. އިސްދޫ ކަލައިދޫ ސްކޫލުގައި ބާއްވާފައި ވެއެވެ.

މީގެ އިތުރުން އެކޮލެޖާއިބެހޭ  ގިނަ މަޢުލޫމާތުތަކެއް ހިމެނޭ ލީފްލެޓް އިސްދޫގައި މީހުން ދިރިއުޅޭ ގެތަކަށް ފޯރުކޮށްދިނުމަށް އެކޮލެޖުގެ ޓީމަކުން ވަނީ އިސްދޫގެ ގެތަކަށް"ޑޯޓް ޑޯ" ޖައްސާފައެވެ.


މަންދު ކޮލެޖުގެ ލ. ކެމްޕަހުން ހިންގުމަށް ހަމަޖެހިފާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް 1 އިން މާކެޓިން، ސެޓްފިކެޓް ލެވެލް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަންސް، ސެޓްފިކެޓް 2 އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސެޓްފިކެޓް 2 އިން ޓްރެވެލް އެންޑް ޓޫރިޒަމް، ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ، ސެޓްފިކެޓް ލެވެލް 3 އިން މާކެޓިން، ސެޓްފިކެޓް ލެވެލް 3 އިން ކަސްޓަމަރ ސަރވިސް، ސެޓްފިކެޓް ލެވެލް 3 އިން ޕަބްލިކް ރިލޭޝަން، ސެޓްފިކެޓް ލެވެލް 3 އިން އިންގްލިޝް ފޯރ ބިޒްނަސް، ސެޓްފިކެޓް ލެވެލް 3 އިން އިންގްލިޝް ފޮރ އެކަޑަމިކް ޕަރޕަސަސް ގެ އިތުރުން ފައުންޑޭޝަން، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތައް ހިމެނެއެވެ.


ފައުންޑޭޝަން، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން ކޯށް ފޮރ ޑިޕްލޮމާ ލެވެލް ސްޓަޑީޒް، ފައުންޑޭޝަން ފޮރ ޑީގްރީ ސްޓަޑީޒް، ބެޗްލަރސް ޑިގްރީ އިން ބިޒްނަސް އާއި އެޑްވާންސް ސެޓްފިކެޓް އިން އޮފީސް މެނޭޖްމެންޓްގެ ކޯސްތައް ހިމެނޭކަމަށް މަންދު ކޮލެޖް ލ. ގަމު ކެމްޕަސް އިން މަޢުލޫމާތު ދެއެވެ.


މަންދު ކޮލެޖުން އަތޮޅުގެ ރަށްތަކުގައި މި ޙަރަކާތްތައް މީގެ ކުރިންވެސް ހިންގާފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް