ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅުގެ ވަކި ވަކި ދާއިރާތަކުގައި “ދޭތިން ފަހެތި” ކެމްޕެއިން ވަރަށް ފޯރީގައި ކުރިޔަށް އެބަދޭ

ލިޔުނީ: Unknown - Sunday, March 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ކުރިއަށް ގެންދާ “ދޭތިން ފަހެތި” ރިޔާސީ ކެންޕެއިންގެ މަސައްކަތް ވަރަށް ފޯރިއާއެކު ލ. އަތޮޅުގެ ވަކި ވަކި ދާއިރާ ތަކުގައި ކުރިޔަށް ދާކަމަށް ޓީމުގެ ކޯޑިނޭޓަރ މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހަފްތާ ބަންދުގައި ލ. އަތޮޅުގައި ކުރިޔަށް ގެންދާ މި ކެމްޕެއިން ހަރަކާތްތަކުގައި ޑޯޓޫޑޯގެ މަސައްކަތްވަނީ ފަށާފައެވެ. އަދި މީގެ އިތުރުން އާއްމު ޖަލްސާތައް ވަކި ވަކި ސަރަހައްދުތަކުގައި ބާއްވާފައި ވެއެވެ. މިގޮތުން އިއްޔެރޭގެ ކުރީރޭ ތުނޑީ އަވަށުގައި ބޭއްވި ޖަލްސާއަށް ވަރަށް ތަރްޙީބު ލިބުނުކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި އިއްޔެ ހަވީރު މުކުރިމަގުގައި ބޭއްވި އާއްމު ޖަލްސާއަށް ވަރަށް ބޮޑު ތަރްޙީބު ލިބުނުކަމަށްވެސް މާރިއާ ވިދާޅުވިއެވެ. މި ޖަލްސާގައި ލ. ގަމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ ރައީސާ، ރާމިޒާ ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން ފޮނަދޫ އެމްޑީޕީ މެންބަރުން ހަފުތާ ބަންދުގައި ވަނީ ދޮރުންދޮރަށް ކެމްޕޭން ކޮށްފައެވެ. އަދި މިހާރުވެސް ކޮންމެ ރެއަކު އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފޮނަދޫ ދާއިރާއިން ބުނެއެވެ.

ފޮނަދޫގައި ހުކުރުދުވަހުގެރޭ ބާއްވަން އުޅުނު ޖަލްސާވަނީ ވިއްސާރަވުމުގެ ސަބަބުން ބޭއްވޭގޮތް ނުވެފައި ކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާއިން މަޢުލޫމާތު ދެއެވެ.

ކޯޑިނޭޓަރ މާރިޔާ އާއި އޭނާގެ ޓީމު ހަފްތާ ބަންދުގައި ލ. އަތޮޅަށް ކުރި "ދޭތިން ފަހެތި" ކެމްޕެއިން ދަތުރު ނިންމާލުމަށްފަހު ހޮނިހިރުދުވަހުގެ ރޭ ވަނީ އެނބުރި މާލެ ގޮސްފައެވެ..
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް