ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިޚާބަށް ކޮންމެ ފަދަ ގުރުބާނީއެއްވުމަށްވެސް ތައްޔާރު ކަމަށް ޔާމީން ވިދާޅުވެއްޖެ

ލިޔުނީ: Unknown - Saturday, March 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް އޭނާ ހުންނެވީ “ކޮންމެ ފަދަ ގުރުބާނީއެއް ވުމަށް ތައްޔާރަށް” ކަމަށާއި ، ޕްރޮގްރެސިވް  ޕާޓީގެ މެމްބަރުން އޭނާ އަށް ހަވާލުކޮށްދިން ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެ އަމާނާތް “ރައްކާތެރިކުރުމަށް ވަރަށް ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް”  ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ވަރަށް ބޮޑު ތަފާތަކުން ކާމިޔާބް ކުރެއްވި އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު ޔާމީނު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފަވަނީ ، ”އެންމެހާ މެމްބަރުން އަޅުގަނޑާ ތިޔަ ހަވާލުކޮށްދެއްވީ ވަރަށް މަތިވެރި އަމާނާތެކެވެ. ﷲގެ އިރާދަފުޅާ އެކު އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުން ތިޔަ ހަވާލުކޮށްދެއްވި އަމާނާތް ރައްކާތެރިކުރުމަށް ވަރަށް ސާބިތުކަމާ އެކު އެވެ. ޕީޕީއެމަށާއި މި ލޮބުވެތި ގައުމަށް ޚިދުމަތްކޮށްދިނުމަށް އަތުކުރި އޮޅާލައިގެންނެވެ.”

އަދި “ތިޔަ ލޮބުވެތި ރައްޔިތުން ތިޔަ ނިންމަވައިދެއްވި ނިންމެވުމަކީ ޕީޕީއެމްގެ މުސްތަގުބަލަށްޓަކައި، އަދި ޚާއްސަކޮށް މި ދިވެހި ފަސްގަނޑުގެ މުސްތަގުބަލަށްޓަކައި ނިންމަވައިދެއްވި ވަރަށް މުހިންމު ނިންމެވުމެކެވެ،” ޔާމީން ވިދާޅުވި އެވެ.

“ހިތްވަރު ދެރަނުކުރައްވާ އަޅުގަނޑާ އެކު ޕީޕީއެމްގެ ސަރުކާރެއް ގާއިމްކުރުމަށް އަތުކުރި އޮޅާލައި އަލުން އާ ހިތްވަރަކާ އެކު މަސައްކަތްކޮށްދެއްވުމަށް ޔާމީންގެ ބަޔާނުގައި އުމަރާއި އޭނާގޭ ސަޕޯޓަރުންނަށް ގޮވާލައފަވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް