ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ޤުރުއާން މުބާރާތް 2013 މިއަދު ހެނދުނު މާވަށުގައި ފެށިގެން ކުރިއަށް އެބަދޭ

ލިޔުނީ: Unknown - Thursday, April 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އަތޮޅު ޤުރުއާން މުބާރާތުގެ މިއަދު ހެނދުނު ދަންފަޅީގެ ތެރެއިން - ފޮޓޯ: މުޙައްމަދު ޢަލީ
ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ޤައުމީ ޤުރުއާން މުބާރާތަށް ކުދިން ހޮވުމަށް ބާއްވާ "ލ. އަތޮޅު ޤުރުއާން މުބާރާތް 2013" މިއަދު ހެނދުނު މާވަށުގައި ފެށިގެން ކުރިއަށް އެބަދެއެވެ..

ޖުމުލަ 59 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ޤުރުއާން މުބާރާތް ކަމަށް މަޢުލޫމާތު ލިބެއެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ މުންޑޫ، ގަން، މާވަށް އަދި ފޮނަދޫ އިން ނެވެ.މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 07:45 ގައި މާވަށު ސްކޫލް ހޯލުގައި ބޭއްވުމަށްފަހު ކިޔެވުމުގެ ފުރަތަމަ ދަންފަޅި މިހާރުވަނީ ނިމިފައެވެ..

މުބާރާތުގައި ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ ތިން ދަންފަޅިއަކަށެވެ. އެގޮތުން މިއަދު (11 އޭޕްރީލް 2013) ވަނަ ދުވަހު 8:00 އިން 12:00 އަށް ކިޔެވުމަށް ހަމަޖެހިފައިވަނީ 6،9،11 އަދި 13 އަހަރުން ދަށުގެ ދަރިވަރުންގެ ބަލައިގެން ކިޔެވުމުގެ ގޮފީގެ ދަރިވަރުންނެވެ.

ބަލައިގެން ކިޔެވުމުގެ ގޮފީގެ އުމުރުން 13،16 އަދި 19 އަހަރުން ދަށުގެ ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ މިއަދު (11 އޭޕްރީލް 2013) ވަނަ ދުވަހު މެންދުރުފަހު 13:30 ން 18:00 އާއި ދެމެދު އޮންނަ ދަންފަޅީގައެވެ.

މިރޭގެ ދަންފަޅި އޮންނާނީ 20:30 ން 22:30 އަށެވެ. މި ދަންފަޅީގައި ކިޔެވުމަށް ހަމަޖެހިފައިވަނީ ހިތުން ކިޔެވުމުގެ ގޮފީގެ ދަރިވަރުންގެ ތެރެއިން 11،13 އަދި 16 އަހަރުން ދަށުގެ ދަރިވަރުންނެވެ.

12 އޭޕްރީލް 2013 ވަނަ ދުވަހުގެ ދަންފަޅިތަކަށް ބަލާލާއިރު، ހެނދުނު 08:30 ން 11:30 އަށް އޮންނަ ދަންފަޅީގައި ކިޔަވާނީ 6،7 އަދި 8 އަހަރުން ދަށުގެ ދަރިވަރުން ހިތުން ކިޔެވުމުގެ ގޮފިންނެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އެޖެންޑާ ކޮށްފައިވަނީ 12 އޭޕްރީލް 2013 ވަނަ ދުވަހު ހަވީރު 16:15 އަށެވެ. މީގެ އިތުރުން 20:30 ގައި ބައިވެރިންނަށް ބާއްވާ ފަރިއްކޮޅެއް ހަމަޖެހިފައި ވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި އެއަށްފަހު ކައުންސިލްތަކުގެ ހަވާސާ ބައްދަލުވުމެއްވެސް ހިމެނެއެވެ.
 
މުބާރާތުގައި ރަށްރަށުން ބައިވެރިވާ ދަރިވަރުންނާއި އޮފިޝަލުން އަދި ބެލެނިވެރިން މާވަށުން ފުރުމަށް ހަމަޖެހިފައި 13 އޭޕްރީލް 2013 ވަނަ ދުވަހު ހެނދުނު 07:30 ގައެވެ.

ބައިވެރިން ބުނާގޮތުން މާވަށުން މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް