ފަހުގެ ޚަބަރު


އިތުރަށް...

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ވަރަށް ކުލަގަދަ ގޮތެއްގައި 21 ސަރަހައްދުގަ އިފްތިތާޙް ކުރެވިއްޖެ

ލިޔުނީ: Unknown - Saturday, April 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ޓޫރިޒަމް އެނދުގެ އަދަދު ދެގުނައަށް އިތުރު ކުރެވޭނެ

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ލ.ގަމުގައި މިއަދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ގައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވައިފިއެވެ. 


މި ސިޔާސަތު އިފްތިތާޙު ކުރުމުގެ ގޮތުން މިއަދު 4ޖަެހިއިރު ލ.ގަމުގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތަށްފަހު ރާއްޖޭގެ 21 ސަރަހައްދުގެ 19 އަތޮޅުގެ، 2 ސިޓީގަ 22 ރަށުގައި މިސިޔާސަތު އެމްޑީޕީ ގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕާއި ލީޑަރޝީޕުގެ ބޭފުޅުން ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ

ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އަންނަ ފަތުރުވެރިނަންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި މިހާރު ހުރި 22800 އެނދު ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ދެގުނަ ކުރެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގެސްޓު ހައުސް މެނިފެސްޓޯ ތައާރަފު ކުރުމަށް ރާއްޖޭގެ 22 ރަށެއްގައި ބޭއްވި ރަސްމިއްޔާތުތަކުގެ ތެރެއިން ލ.އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް 40 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ނުހަނު ގިނަ ފައިދާ ލިބިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިސޯޓު ތަރައްގީ ކުރުމަކީ މުއްސަނދިންނަށް އެކަނި ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެވިޔަފާރީގެ ފައިދާ ސީދާ ރައްޔިތު މީހާއަށް ހުޅުވާލެވެން ޖެހޭ ކަމަށާއި ގެސްޓު ހައުސް ވިޔަފާރީގެ ސަބަބުން ރަށްރަށުގެ ބިމުގެ އަގު އެތައް ގުނައަކަށް އިތުރު ވެގެންދާ އިރު ނަރުދަމާ ފަދަ ނިޒާމުތައް ގާއިމު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި މިހާރު ހުރި 22800 އެނދު ދެގުނަ ވެގެންދާ އިރު ވަޒީފާތައް އިތުރުވެ ރާއްޖެއަށް ލިބޭ އާއްމުދަނީ ވެސް އެތައް ގުނައެއް އިތުރުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ބަލާ އިރު ފަތުރުވެރިން ރާއްޖެ އަންނަން އޮތް މަގަކީ އިންޓަނޭޝަނަލް އެއާރޕޯޓު ކަމަށާއި އެއާރޕޯޓު ތަރައްގީ ކުރެވެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އަނެއްކާ ވެސް ޕީޕީޓީގެ އުސޫލުން އެއާރޕޯޓު ތަރައްގީ ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގައި ވާދަ ވެސް ކުރައްވާނެ ކަމަށާއި ފުރަތަމަ ފަހަރުން ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް