ފަހުގެ ޚަބަރު


އިތުރަށް...

ރައީސް މުޙައްމަދު ނަޝީދަށް ލ. އަތޮޅުން ހޫނު މަރުޙަބާއެއް ކިޔައިފި

ލިޔުނީ: Unknown - Saturday, April 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް ނަޝީދަށް ލ. އަތޮޅުން މަރުޙަބާ ކިޔަނީ - ފޮޓޯ: މީކާއިލް ނަސީމް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު 11:15 ގައި ކައްދުއަށް ވަޑައިގަތުމުން ލ. އަތޮޅުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރައީސް ނަޝީދަށް މަރުޙަބާ ކިޔުމަށް ވަރަށް ގިނަ ޢަދަދެއްގެ އެމްޑީޕީ ސަޕޯޓަރުންނާއި ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން ކައްދޫ އެއަރޕޯޓަށް ގޮސްފައިވެ އެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ސަޕޯޓަރުންނާއި ސަލާމް ކުރެއްވުމަށްފަހު ކައްދޫގައި ހުންނަ މިސްކިތުގައި މެންދުރު ނަމާދު ކުރެއްވުމަށްފަހުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް ގަމު މުރިމަގުން މަރުޙަބާ ކިޔުމަށް ތައްޔާރުތައްވަމުން މިހާރު އެބަ ގެންދެއެވެ. މި ދަތުރުފުޅަކީ ރާއްޖޭގައި އެމްޑީޕީ ސަރުކާރުން ހިންގާނެ ގެސްޓް ހައުސް ސިޔާސަތު ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި ދޭތިން ފަހެތި ކެމްޕޭން ކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.

ގެސްޓްހައުސް ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނީ މިއަދު ގަމުގައި ހުރި ގެސްޓް ހައުސް އެއް ހުޅުއްވައިދެއްވުމުގެ ތެރެއިން ނެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް