ފަހުގެ ޚަބަރު


އިތުރަށް...

'ފަތިސްހަނދުވަރުގެ ފެށުން' – އައިނު އަޅައިގެން ބަލާ ފުރަތަމަ ދިވެހި ފިލްމު ޕްރިމިއަރ ކޮށްފި

ލިޔުނީ: Unknown - Saturday, April 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ފަތިސް ހަނދުވަރުގެ ފެށުން -  ޕްރިމިއަރ ކުރުން - ފޮޓޯ: ހަވީރު އޮންލައިން
ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ބިރުވެރި ފިލްމު ފަތިސް ހަނދުވަރުގެ ފްރިކްއެލް އެއް ކަމަށްވާ ފަތިސް ހަނދުވަރުގެ ފެށުން – ތްރީ ޑީ ކޮށް ރޭ އޮލިމްޕަސް ސްޓޭޖްގައި ޕްރިމިއަރ ކޮށްފިއެވެ.

ދިވެހިރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ގިނަ ފަންނާނުންތަކެއް ބައިވެރިވި މި ޙަފްލާގައި ފަތިސް ހަނދުވަރު ފިލްމު އުފެއްދި ފަރާތާއި އެ ފިލްމުގައި ލީޑް ރޯލް ކުޅުނު ރީކޯ މޫސާ މަނިކާއި ނިޢުމާ މުޙައްމަދު ބައިވެރި ވިއެވެ.

ފުރަތަމަ ފަހަރަށް ފިލްމަށް ވަދެތިބޭ އެންމެން އެއްފަހަރާ އައިނު އަޅައިގެން ތިބެ ރާއްޖޭގައި ބަލާފައިވާ ފިލްމަކީ ފަތިސް ހަނދުވަރުގެ 
ފެށުން ކަމަށް ވެގެން ގޮސްފައިވަނީ މިއީ ރާއްޖޭގައި ތްރީޑީ ފިލްމެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށް ވުމެވެ

ޑާކް ރެއިން އެންޓަޓައިންމަންޓުން އުފައްދާފައިވާ ދިވެހި ފުރަތަމަ ތްރީޑީ ފިލްމު، "ފަތިސް ހަނދުވަރުގެ ފެށުން" މިއީ ގާތްގަނޑަކަށް ހަތަރު އަހަރުގެ މަސައްކަތެވެ. އެ ފިލްމަށްޓަކައި އެކްޓަރުންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުން ވެސް އެތައް ވަގުތަކާއި ގުރުބާނީތަކެއް ވަނީ ވެފަ އެވެ. ފިލްމު ކްރޫން ދެކޭ ގޮތުގައި ރާއްޖޭގެ ފުރަތަމަ ތްރީޑީ ފިލްމަކީ "ވަރަށް ރަނގަޅު ތަޖުރިބާ"އެކެވެ.

މިދިޔަ އަހަރު އަޅުވަން އަމާޒު ހިފި، ފިލްމު އެކި ސަބަބުތަކާ ހުރެ ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. އެންމެ ބޮޑު ސަބަބަކަށް މެދުވެރިވީ މަރާމާތަށް އޮލިމްޕަސް ބަންދުކުރުމެވެ.

އެ ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ "ފަތިސް ހަނދުވަރު" ގެ ޕްރިކުއެލް ވާހަކަ "ޖިނާ"ގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ލީޑް ކެރެކްޓާ، ޖިނާގެ ރޯލު މި ފަހަރު ކުޅެފައިވަނީ މަޝްހޫރު އެކްޓަރު، ޔޫސުފް ޝަފީޢު- ޔޫއްޕެ އެވެ. އޭނާގެ އިތުރުން ފާތިމަތު ފަރީލާ އާއި އަހުމަދު ނިމާލް އަދި އަހުމަދު ސައީދު ފަދަ ތަރިން ފިލްމުގެ ކާސްޓުން ފާހަގަކޮށްލެވެ އެވެ.

މޮގާ ބުނީ މިހާތަނަށް ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހޭދަވެފައިވާ ފިލްމާ މެދު ކުރާ އުއްމީދު ބޮޑު ކަމަށެވެ.

ފިލްމުގެ ތްރީޑީ ފުރަތަމަ ޝޯގެ ޓިކެޓެއް ވިއްކަނީ 150ރ. އަށެވެ. އޭގެ ފަހުން ތްެރީޑީ ޝޯގެ ޓިކެޓެއް 100ރ. އަށް ވިއްކަން ހަމަޖައްސާފައިވާއިރު ޓޫޑީ ޓިކެޓެއްގެ އަގަކީ 80ރ. އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް