ފަހުގެ ޚަބަރު


އިތުރަށް...

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 25 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ދަޅެއް އަތުލައިގަނެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ލިޔުނީ: Unknown - Tuesday, April 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ތުނޑީ އަލަށް އާބާދުވާ ސަރަހައްދު ތެރެ
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 25 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް އަތުލައިގަނެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު 17:00 ހާއިރު ލ. ގަން ތުނޑި އަވަށުގައި މީނާ ދިރިއުޅެމުންދާ ގެ ކައިރިންނެވެ. އިއްޔެ މެންދުރުގެ ވަގުތެއްގައި މީނާވަނީ ލ. ކައްދޫއިން ލ. ގަން ތުނޑީ އަވަށަށް އައިސް އޭނާ ދިރިއުޅެމުންދާ ގެ ކައިރިން ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އޮތް ދަބަސް އެއްލާލުމަށްފަހު ފިލާފައެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ 25 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވަނީ މީނާ އެއްލާލި ދަބަސް ބަލައި ފާސްކުރިކުރިމުން އެ ދަބަސް ތެރެއިންނެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް