ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ވަހީދު މި ހަފުތާ ބުރާސްފަތި ދުވަހު މާވަށަށް ވަޑައިގަންނަވަނީ

ލިޔުނީ: Unknown - Tuesday, April 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ތޮއްޖެހިފައިވާ މާވަށުގެ ބަނދަރު -ފޮޓޯ: މާވަށް އިންފޯ
ރައީސް ކަމަށް އަރާހުންނެވި ވަހީދު ހަސަން މަނިކް މިހަފުތާ ބުރާސްފަތި ދުވަހު މާވަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވާކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ލިބިއްޖެއެވެ.

ވަހީދު ހަސަން މަނިކު މާވަށަށް ވަޑައިގަންނަވަނީ އެ ރަށު ބަނދަރު އަލުން ކޮންނަން ފެށުން ފައްޓަވައިދެއްވުމަށެވެ.

ލ.މާވަށު ބަނދަރު 28.2 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންއާ އެވެ.  މި ބަނދަރުގެ ދިގު މިނަކީ 800 ފޫޓެވެ. ފުޅާމިނަކީ 300 ފޫޓެވެ. މި ބަނދަރުގެ މަސައްކަތް ފެށުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ މިދިޔަ މާރޗް މަހުގެ 15 ގައެވެ. ނަމަވެސް ބަނދަރު ހެދުމުގެ މަޝްރޫޢު ނުފެށި މަހަކަށްވުރެން ގިނަދުވަސް ވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ. މާވަށު ބަނދަރަކީ ބަނދަރު ކުޑަވުމާއި ތިލަވުމުގެ މައްސަލަ ކުރިމަތިވެފައިވާ ބަނަދަރެކެވެ.

މާވަށު ބަނދަރުގެ އިތުރުން ދަނބިދޫ ބަނދަރު ހެދުމަށްވެސް ހަމަޖެހިފައި ވެއެވެ. ދަނބިދޫ ބަނދަރު 29.7 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. މި ބަނދަރުގެ ދިގުމިނަކީ 450 ފޫޓެވެ. ފުޅާ މިނަކީ 250 ފޫޓެވެ. މި ބަނދަރުގެ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވަނީ މިދިޔަ މާރޗް މަހުގެ 20 ގައި ނަމަވެސް އަދި ވަނީ އެ ބަނދަރުގެ މަސައްކަތްވެސް ނުފެށިއެވެ.

މާވަށު ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ކަރަންޓްގެ މައްސަލައިގައި އެރަށު ރައްޔިތުން ތެރެއިން ބަޔަކު ވަހީދު ހަސަން މަނިކު މާވަށަށް ވަޑައިގަތުމުން، ބައްދަލުކޮށް ކަރަންޓް މައްސަލަ ހައްލުކޮށްދިނުމަށް ދެންނެވުމަށް ނިންމާފައި ވާކަން އެލްއޭ ނިއުސް އަށް ވަނީ އެނގިފައެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް