ފަހުގެ ޚަބަރު


އިތުރަށް...

ޗުއްޓީ ކުޑަ ކުރަން ހުށަހެޅި އިސްލާހު އަނބުރާ ގެންދަން ޕީޕީއެމުން އަންގައިފި

ލިޔުނީ: Unknown - Sunday, April 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ވަޒީފާ އަދާ ކުރާތާ 10 އަހަރު ނުވާ މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި 30 ދުވަސް ނުލިބޭ ގޮތަށް ވަޒީފާއާއި ބެހޭ ގާނޫނަށް މާވަށު ދާއިރާގެ މެމްބަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދިއުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން އަންގައިފިއެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބުދުއްރަހީމު އަބުދުﷲ ވިދާޅުވީ އަޒީޒު ހުށަހެޅުއްވި އިސްލާހަކީ އެއްވެސް ވަރަކަށް ޕީޕީއެމްގެ ވިސްނުން އޭގެ ތެރޭގައި ހިމެނިގެން ހުށަހަޅުއްވާފައިވާ އިސްލާހެއް ނޫން ކަމަށާއި އެއިސްލާހާއި ޕީޕީއެމުގެ ޕީޖީން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށެވެ. އަބުދުއްރަހީމު ވިދާޅުވީ އެއިސްލާހު ހުށަހެޅުއްވި އިރު ޕީޖީ ތެރޭގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރައްވާފައި ވެސް ނުވާ ކަމަށެވެ.

އެހެން ކަމުން އިސްލާހު އަނބުރާ ގެންދިއުމަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އަބުދުއްރަހީމު ވިދާޅުވިއެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް އަޒީޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާތާ ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 25 ދުވަސް ދޭން ޖެހޭނެ ކަމަށާއި، މެދުނުކެނޑި ވަޒީފާ އަދާ ކުރާތާ 10 އަހަރުވުމުން 30 ދުވަހުގެ ޗުއްޓީ ދިނުމަށާއި 20 އަހަރު ފުރުމުން 35 ދުވަސް ދޭން ޖެހޭނެ ކަމަށެވެ.

އަޒީޒުގެ ހުށަހެޅުއްވުމަށް އެމްޑީޕީއާއި ޑީއާރުޕީން ވެސްވަނީ ދެކޮޅު ހަދާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް