ފަހުގެ ޚަބަރު


އިތުރަށް...

ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމާނީ މިއަދު ހަވީރު - އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު

ލިޔުނީ: Unknown - Sunday, April 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވަކިން ޖަލްސާ ބާއްވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި މައްސަލާގައި އޭނާއާ ދޭތެރޭ އަޅާނެ ފިޔަވަޅެއް މިއަދު ނިންމާނެ ކަމަށް ސުލޫކު ކޮމެޓީން ބުނެފި އެވެ.
 
އެ ކޮމިޓީގެ މުގައްރިރު މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ އުމަރާ ގުޅޭގޮތުން ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމާނީ މިއަދު ހަވީރު 4:30 ގައި ބާއްވާ ބައްދަލުވުމުގައި ކަމަށެވެ. އެ ބައްދަލުވުމުގައި އޭނާގެ ދިފާއުގައި ވާހަކަ ދައްކާނެ ދެ މަންދޫބުން އައްޔަންކުރާނެ ފުރުސަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މައްސަލަ ނިންމާއިރު، ސުލޫކު ކޮމެޓީގެ ފަސް މެމްބަރުންނާ އެކު އުމަރުގެ ދެ މަންދޫބުންނަށް ބައިވެރި ވާނެ އެވެ. އުމަރުގެ މައްޗަށް ހުށަހަޅާފައި ވަނީ ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް އަމަލުކުރައްވާފައިވާ މައްސަލަ އެވެ. 

"މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ގޮތެއް ކަނޑައަޅާނީ ކޮމެޓީން،" އަޒީޒް ޖަމާލް ވިދާޅުވި އެވެ. 

އުމަރު ނަސީރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް މިއަދު ލިބޭގޮތެއް ނުވި އެވެ. އެހެން ނަމަވެސް އޭނާގެ ކެމްޕޭން މެނޭޖަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ އުމަރާ ގުޅިގެން ހުށަހަޅާފައިވާ މައްސަލާގައި އޭނާ ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އޭނާގެ ފަރާތުން ދެ މަންދޫބުން ކަނޑަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވީ ވޯޓު އޮޅުވާލައި މަކަރު ހެދި ކަމަށް އުމަރު ކުރެއްވި ތުހުމަތުތަކާ ގުޅިގެން މާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ރިޔާސީ ކެންޑިޑޭޓް އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ކަމަށެވެ. އިންތިހާބާ ބެހޭ ކޮމެޓީ އަކީ އޭނާގެ ފުރިހަމަ ކޮންޓްރޯލް އޮތް، އެންދެރިމާގޭ ތެރެއިން ނެރުނު ކޮމެޓީއެއް ކަމަށް ސަލީމް ވިދާޅުވި އެވެ. 

ޕީޕީއެމްގެ ޕްރައިމަރީގައި ފައިސާގެ ނުފޫޒު ފޯރުވައި ބޮޑެތި އޮޅުވާލުންތަކާއި މަކަރު ހަދާފައިވާ ކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީގެ ކޮންޓްރޯލް އޮތީ ޔާމީންގެ އަތްޕުޅުގައި ކަމަށް ވިދާޅުވުމުގެ އިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ ކުޑަކުއްޖާއާ ޔާމީން ބައްދަލުކުރައްވަނިކޮށް ފެނިވަޑައިގެންނެވި ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ. އެ ތުހުމަތުތަކަށް މާފަށް އެދިވަޑައި ނުގަންނަވާނެ ކަމަށާއި އޭނާ ޕާޓީން ވަކިކޮށްފި ނަމަ އެ ޕާޓީ އަށް ބިން ހެލުމަށް އަންނާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. އަދި އުމަރުގެ ތުހުމަތުތަކުގެ މައްސަލާގައި ޕީޕީއެމް ލީޑަޝިޕްގެ ގިނަ ބަޔަކު ތިބީ އޭނާއާ މެދު ހިތްހަމަނުޖެހިފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް