ފަހުގެ ޚަބަރު


އިތުރަށް...

އަނެއްކާވެސް މަޖިލީހުގެ ރައީސެއް އެމްޑީޕީއަށް ސޮއިކުރައްވައިފި

ލިޔުނީ: Unknown - Monday, April 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައްޔިތުން މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ ޣައިރު ހާޒިރުގައި ކުރިއަށްދާ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (ހޮޅުދޫ އަލިބެ )އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

އެމް.ޑީ.ޕީގެ އިސް ފަރާތަކާއި ޙަވާލާދީ މަނަދޫ ލައިވް އިންވަނީ އަލިބެ  އެމްޑީޕީއަށް ސޮއި ކުރެއްވިކަން ކަށަވަރު ކޮށްދީފައެވެ. އަދި އަލީ މުހައްމަދު އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައިކަމަށް އެނގިފައި ވެއެވެ.

ނ. ހޮޅުދުއަށް އުފަން އަލީ މުހައްމަދު އެމްޑީޕީއަށް ސޮއި ކުރެއްވިއިރު އޭނާ މަޖިލީހުގެ ގޮނޑި ހޯއްދެވީ ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރައްވަވައިގެންނެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެޕާޓީއިން ވަކިވެވަޑައިގެން މިނިވަން މެންބަރެއްގެ ގޮތުގައި ހުންނަވާފައެވެ. އޭގެ ފަހުން އޭނާ އެހެން ޕާޓީއަކަށް މިހާތަނާއި ޖެހެންދެން ވެސް ސޮއިކުރައްވާފައެއް ނުވެ އެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު އަލީ މުހައްމަދު މަޖްލީހުގައި ފަހަކަށް އައިސް ވޯޓް ދެއްވަމުން ގެންދަވަނީ އެމްޑީޕީ އާއި އެއްކޮޅަށްކަން ފާހަގަ ކޮށްލެވެއެވެ.

އެމްޑީޕީ އިސް ސަފުގައި ޙަރަކާތްތެރިވެލައްވާ ފަރާތްތަކުން ވަނީ އެމްޑީޕީ އާއި ދާދި އަވަހަށް އަލްހާން ފަޙުމީ އާއި، ޢަބްދުﷲ ޢަބްދުއް ރަހީމާއި ރޮޒައިނާ އާދަމް ފަދަ ނަގާކިޔާ މަޖިލިސް މެންބަރުންތަކެއް ސޮއި ކުރާނެ ކަމަށް އެލްއޭ ނިއުސް އަށް މަޢުލޫމާތު ދީފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް